ރާއްޖެއަށް ދިމާވާ ކުނީގެ މައްސަލަތައް ހައްލުކުރެވެމުންދާ މަންޒަރަކީ އުފާވެރި މަންޒަރެއް ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާގެ ދައުވަތަކަށް ތިލަފުއްޓަށް ކުރެއްވި ޒިޔާރަތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ ރާއްޖެއަށް ދިމާވާ ކުނީގެ މައްސަލަތައް ހައްލުކުރެވެމުންދާ މަންޒަރަކީ އުފާވެރި މަންޒަރެއްކަމަށާއި މިއީ ރާއްޖޭގެ ހުރިހާ ހިސާބަކަސް ވެސް ކުނީގެ މައްސަލަތައް ހައްލުކުރުމަށް ކުރެވެމުންދާ މައްސަކަތއްތަކަށް ލިބިގެންދަ ކުރިއެރުމެއް ކަމުގައެވެ.
ތިލަފުށީގައި ކުރިއަށްދާ މި ޕްރޮޖެކްޓްގެ މަސައްކަތް މިނިސްޓަރ ޝައުނާ، ވަރަށް ގާތުން ބައްލަވާކަން ފާހަގަކުރައްވާ ނަސީމް ވިދާޅުވީ ޝައުނާއަކީ މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށްޓަކައި އެންމެ އިސްރޯލް އަދާކުރި މަގްބޫލު ބެފުޅެއް ކަމުގައެވެ.
ކުނީގެ މައްސަލަތައް ހައްލުކުރުމަށް ހިންގުންތެރި ކަމާއި އެކީ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ނަތީޖާއެއްގެ ގޮތުން ތިލަފުށީގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ފުރިހަމަ ކަންވެސް މިނިސްޓަރ ނަސީމް ފާހަގަކުރެއެވިއެވެ.
ހެލްތް މިނިސްޓަރ ވިދާޅުވިގޮތުގައި މީގެ 6-8 މަސް ކުރީން ތިލަފުށި އޮތް ހާލާއި، މިއަދު ފެންނަން މިއޮތް މަންޒަރު އަޅާ ބެލުމުން ކުނީގެ މައްސަލަ މުޅިން އެއްކޮށް ހައްލުކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ކުނި ވަކިކޮށް ކުނިން ސަލާމަތްވުމަށް ފުރަތަމަ ފިޔަވަޅު އަޅަން ޖެހެނީ ގޭ ތެރެއިން ކަމަށެވެ.
މިނިސްޓަރ ވިދާޅުވި މިއީ ސިއްހީ، ތިމާވެށި އަދި ރައްޔިތުންނާއި ސީދާ ގޮތުން ގުޅުންހުރި ކަމަކަށް ވުމުން، މިއީ އަހަންމިއްޔަތުކަން ދިނުން މުހިންމު ކަމެއް ކަމަށެވެ.
ތިލަފުއްޓަށް ކުރި ޒިޔާރަތުގައި އެންވަޔަރަމެންޓް މިނިސްޓަރ އާމިނަތު ޝައުނާ ވަނީ ވެމްކޯ އާއި މި ޕްރޮޖެކްޓާއި ގުޅުންހުރި އެންމެހާ ފަރާތްތަކަށް ތައުރީފު ކޮށް ޝުކުރު ދަންނަވާފައެވެ.
އަދި މީގެ ގާތްގަނޑަކަށް 30 އަހަރު ކުރިން ތިލަފުއްޓަށް ކުނި ޖަމާކުރަން ފަށައި އުފެދިފައިވާ ކުނީގެ ބޮޑު ފަރުބަދަ ހުސްކޮށް، ޒަމާނީ ބަދަލުތަކާ އެކު އެ ސަރަހައްދު ފެހިކޮށްލުމުގެ މަޝްރޫއުއަށް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ތިލަފުށިން ނުރައްކާތެރި ދުން އައުން ހުއްޓުވުމަށްޓަކައި ހިންގާ މި މަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ފަންނީ އެހީތެރިކަމުގެ ދަށުން ބޭރުގެ ތަޖުރިބާކާރެއްގެ އިރުޝާދާއެކު ވެމްކޯއާއި މިނިސްޓްރީ އޮފް އެންވާރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މީގެ ގާތްގަނޑަކަށް 30 އަހަރު ކުރިން ތިލަފުއްޓަށް ކުނި ޖަމާކުރަން ފަށައި އުފެދިފައިވާ ކުނީގެ ބޮޑު ފަރުބަދަ ހުސްކޮށް, ޒަމާނީ ބަދަލުތަކާ އެކު އެ ސަރަހައްދު ފެހިކޮށްލުމުގެ މަޝްރޫއު, ކާމިޔާބުކަމާ އެކު ބާރަށް ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުނެފައިވާއިރު، މިމަސައްކަތާއިއެކު މީހުންނަށް އެރަށަށް ގޮސް މަސައްކަތް ކުރެވޭވަރަށް ސާފު, ސަލާމަތް ސަރަހައްދަކަށް ވެގެންދާނެކަމަށް ބެލެވެއެވެ.