ކުންފުނިތަކަށް ފަސޭހަކަމާއިއެކު ސަރުކާރުގެ ސޮވެރިން ގެރެންޓީ ހަމަޖެހޭނެ އުސޫލު ގާއިމް ކުރުމަށް އެދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި މައްސަލަ މަޖީލީހުން ބޭރުކޮށްލައިފިއެވެ.

ޖާބިރު މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ތަޅުމުން ބޭރުކޮށްލީ 15 މެމްބަރުންގެ ވޯޓުންނެވެ.

މެމްބަރު ޖާބިރު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ރާއްޖޭގެ އިގްތިސާދަށް ތިޔާގިކަން ގެންނަ ބޮޑެތި ވިޔަފާރިތަކުން ބޭނުން ކުރަމުންދާ ގިނަ ބިންތަކުގެ މިލްކުވެރިކަން ދިވެރި ސަރުކާރުގެ އަތުގައި އޮވެ، ކޮވިޑް-19ގެ ސަބަބުން، ދިވެހި ރާއްޖޭގައި ހިނގަމުން ދިޔަ ބޮޑެތި ވިޔަފާރީގެ ޕްރްޖެކްޓްތަށް ހުއްޓިފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި ވިޔަފާރިވެރިންނާއި، ދިވެހި އެތަކެއް ރައްޔިތުންގެ ބަނޑުފުރާނަ މުއްތިކުރުމާއި ގުޅިފައިވާ ކުންފުނިތަކަށް، ފޫނުބެއްދޭވަރުގެ ގެއްލުންވަމުންދާއިރު، އަދި އިތުރަށް އިގްތިސާދަށް ގެއްލުންދެނިވި އުސޫލުން ސަރުކާރުގެ އަމަލުތަށް ހުރި ހިނދު، ދިވެހި ސަރުކާރާއިކާއިއެކު ވެފައިވާ އެއްބަސްވުމަކަށް އެކަނި ބަލައިގެން، ބޭންކުތަކުން ޕްރައިވެޓް ކުންފުނިތަކަށް ލޯނުދޭން ޖެހިލުންވާ ކަމެއްކަމުގައެވެ.

އަދި މިހާލަތުގައި ފައިނޭންސް ހޯދުން ނިހާޔަތަށް އުނދަގޫވެ، ރާއްޖެއިން ބޭރުން ފައިސާ ހޯދުން ނޫންގޮތެއް، ދިވެހި ކުންފުނިތަކަށް ނެތިފައި އޮތްހިނދު، އިގްތިސާދީގޮތުން އުނދަގޫ ދަނޑިވަޅުން އަރައިގަތުމަށްޓަކައި މީގެ ކުރިންވެސް ދިވެހި ސަރުކުރުން ކަންކުރަށްވާފައިވާ ފަދައިން، ރަހުނުގެ ގޮތުގައި އަގުބޮޑެތި މުދާ ބެހެއްޓުމުގެ ގާބިލިއްޔަތު ހުރި، އަދި އެހެންވެސް ޝަރުތުތަށް ފުރިހަމަވާ ޕްރައިވެޓް ކުންފުނިތަކަށް، ފަސޭހަކަމާއިއެކު ދިވެހި ސަރުކާރުގެ ސޮވެރިން ގެރެންޓީ ހަމަޖެހޭނެ އުސޫލު ގާއިމް ކުރުމަށް، ކަމަށް މިމައްސަލާގައި ބުނެފައިވެއެވެ.