އެމެރިކާގެ މަތީ ފަންތީގެ ފަތުރުވެރިންގެ މެދުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ކެންޕެއިނެއް ވޯތު މެގަޒިންއާއެކު ވިޒިޓް މޯލްޑިވްސް އިން ފަށައިފިއެވެ.

ވޯތު މެގަޒިން އަކީ 1986 ގައި ގާއިމްކޮށްފައިވާ އެމެރިކާގެ މަތީ ފަންތީގެ ފަރާތްތަކުގެ މެދުގައި މަގްބޫލު ފައިނޭންޝަލް، ވެލްޓް މެނޭޖްމަންޓު، ލައިފް ސްޓައިލް މަޖައްލާއެކެވެ.

މިއީ އެމެރިކާގެ ނިއު ޔޯކް، ޝިކާއޯ، ވޮސް އޭނާޖަލިސް، ޕްލޮރިޑާ އަދި ސެން ފްރަންސިސްކޯގެ މަތީ ފަންތީގެ ކިޔުންތެރިންގެ މެދުގައި ދައުރުކުރާ މަޖައްލާއެކެވެ. މި މަޖައްލާގެ ޕްރިންޓް އަދިއޮންލައިން އެޑިޝަންތައް ނެރެއެވެ.

މި ކެންޕެއިންގެ ތެރެއިން ރާއްޖޭގެ އާޓިކަލްއެއް ގޯތު 100 ގެ އޮކްޓޫބަރ މަހު ނެރޭ ޕްރިންޓް އެޑިޝަންގައި ޖެހުމަށް ހަމަޖެހިފަވާއިރު މި އާޓިކަލްގެ އިތުރުން ވޯތު ގެ ޑިޖިޓަލް ޕްލެޓްފޯމާގައި ގުޅުންހުރި އެކި މައުލޫމަތު ކިޔުންތެރިންނަށް ގެނެސްދެވޭނެއެވެ.

އެގޮތުން ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި މިކެންޕެއިންގައި އިޝްތިހާރުކުރެވޭނެއެވެ.

އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަށް (ރިޒޯޓު، ގެސްޓްހައުސް ހޮޓެލް، ލިވަބޯޑު) ތަކާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތުތަޖުރިބާތައް މިކެންޕެއިންގައި ޔޫއެސްއޭގެ މަތީ ފަންތީގެ ފަތުރުވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކާ ހިއްސާކުރެވޭނެއެވެ.

އެމެރިކާގައި ރާއްޖެ އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ގެންގުޅޭ ސްޓްރެޓަޖީގެ ދަށުން ހިންގޭ ކެންޕެއިނެކެވެ.

މި ކެންޕެއިންގެ މަގްސަދަކީ އެމެރިކާގެ މަތީ ފަންތީގެތުރުވެރިކަމަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކުމާއި، ބްރޭންޑް ޕްރެޒެންސް ދެމެހެއްޓުމެވެ.

އަދި އެމެރިކާގެ މަތީ ފަންތީގެ ފަތުރުވެރިންނަށް ރާއްޖެއިން ލިބެން ހުރިހިދުމަތްތަކާއި ތަޖުރިބާތަށް އަންގައިދީ، ހަނީމޫން އަދި ލަގްޒަރީ ފަތުރުވެރިންނަށް ރާއްޖޭގައި ހުރި ފުރުސަތުތައް އިޝްތިހާރުކުރުމެވެ.

އެމެރިކާ އަކީ މި އަހަރު ރާއްޖެއަށް ހަތަރު ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ޤައުމެވެ. މިދިޔަ ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 843،552 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެތެރެއިން 4.0 އިންސައްތަ ފަތުރުވެރިން ރާއްޖެ އައީ އެމެރިކާއިންނެވެ.

މި މުއްދަތުގައިއެމެރިކާއިން އެކަނި ރާއްޖެއަށް 34145 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އެމެރިކާގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދަމަހައްޓާ އިޝްތިހާރުކުރުމުގެ ގޮތުން ވިޒިޓް މޯލްޑިވްސްއިން ބުނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މިގޮތުން ސޯޝަލް، ޑިޖިޓަލް އަދިއޮންލައިން ކެންޕެއިންތަކާއި، އެބިން، ރޯޑް ޝޯ، ފެއަރ އަދި އެގްޒިބިޝަންތަކުގައި ވިޒިޓް މޯލްޑިވްސްއިން ދަނީ ބައިވެރިވަމުންނެވެ.