ރ. މަޑުއްވަރީ ސްކޫލުގައި ޕްރިންސިޕަލެއް ނެތް މައްސަލާގައި ސުވާލުކުރުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ނޯޓިސް ފޮނުވައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރުއެވެ.

މިނިސްޓަރާ ސުވާލު ހުށަހަޅާފައިވަނީ މިއަހަރުގެ ކުރީކޮޅުން ފެށިގެން މަޑުއްވަރީ ސްކޫލް ހިންގަމުންދަނީ ޕްރިންސިޕަލަކު ނެތި ކަމަށްވާތީ ސްކޫލަށް ޕްރިންސިޕަލަކު ލިބޭނީ ކޮން ތާރީހެއްގައިކަން ސާފުކުރުމަށެވެ.

އަދި އެ ސްކޫލަށް ޕްރިންސިޕަލެއް ނުލިބިގެން އުޅޭ ސަބަބުތަކަކީ ކޮބައިތޯ އާއި ޕްރިންސިޕަލުން ނުލިބޭ ރަށްރަށް ނުވަތަ ޕްރިންސިޕަލުން ހަރުލުން ދަތި ރަށްރަށާ މެދު ރާއްވަވާ ގޮތްތަކަކީ ކޮބައިތޯ ބެލުމަށެވެ.

މިމައްސަލާގައި އާދަމް ޝަރީވް ވިދާޅުވީ، މަޑުއްވަރީގައި މިހާ ދުވަހު ޕްރިންސިޕަލެއްނެތި ކިޔަވައި ދެމުންދާއިރު މިއީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

އަދި ރަށްރަށުގައި ޕްރިންސިޕަލުން ހަރުނުލާ މައްސަލައާއި، ޕްރިން ސިޕަލުން ތިބެން ބޭނުން ނުވާ މައްސަލަ ބަލައި އެކަން މިނިސްޓްރީން ސާފުކޮށް ދޭންޖެހޭކަމަށް އާރަމް ޝަރީފް ވަނީ ވިދާޅުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މެމްބަރަކަށް ވަޒީރަކާ ސުވާލު ކުރެވޭނީ، އެ ވަޒީރަކާ ކުރަން ބޭނުންވާ ސުވާލުގެ ނޯޓިސް މަޖިލީހުގެ ރައީސް މެދުވެރިކޮށް، އެ ވަޒީރަކަށް ލިޔުމުން ފޮނުވައި، 14 ދުވަހުގެ މުއްދަތު އެ ނޯޓިހުގެ ތާރީހުން ފެށިގެން ދިނުމަށް ފަހު، މަޖިލީހުގެ ޖަލްސާއެއްގައެވެ.