އިޓަލީގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެ ބޮޑު އެއް ބްރޭންޑް، ބްލުވަކަންޒޭ އެންޑް ވިވޭރޭ އެންޑް ވިއަޖާރޭއާއެކު ވިޒިޓް މޯލްޑިވްސްއިން މާކެޓިން ކެންފެއިނެއް ފަށައިފިއެވެ.

މި ކެންޕެއިން ކުރިއަށް ދާނީ މާރޗް 2022 ގެ ނިޔަލަށެވެ.

ބްލުވަކަންޓޭ އެންޑް ވިވޭރޭ އެންޑް ވިއަޖާރޭ އަކީ އިޓަލީގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެ ބޮޑު އެއް ބްރޭންޑް އެވެ. މިއީ އިޓަލީގެ އެންމެ ގިނަ އަދި ބޮޑެތި ޓްރެވަލް އެޖެންސީތަކާއި ޓުއަރ އޮޕަރޭޓަރުންނާއެކު މަސައްކަތް ކުރާ ކުންފުންޏެކެވެ.

40 އަހަރުގެ ތަޖުރިބާ ލިބިފައިވާ މި ބްރޭންޑުގެ ދަށުން އިޓަލީގެ320 އެޖެންސީ މަސައްކަތްކުރެއެވެ. މިއީ އިޓަލީގެ ދަތުރުފަތުރު ކުރުމަށް ލޯބިކުރާ ފަރާތްތަކަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ ކުންފުންޏެކެވެ. އެގޮތުން އެކި މަންޒިލްތަކުގެ ޕެކޭޖުތައް ވިއްކުމާއި، އިޝްތިހާރުކުރުމުގައި މިބްރޭންޑު ހަރަކާތްތެރިވެއެވެ.

ވިޒިޓް މޯލްޑިވްސްއާއެކު ބްލުވަކަންޓޭ އެންޑް ވިވޭރޭ އެންޑް ވިއަޖާރޭއިން ހަ މަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ކެންޕެއިންގެ ދަށުން ރާއްޖެ މިއީ އިޓަލީ ފަތުރުވެރިން ދަތުރުކުރުމަށް، އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެއެވެ.

އެގޮތުން އިޓަލީގެ ފަތުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ފަތުރުވެރިންނަށް ރާއްޖެއިން ލިބެން ހުރި އެކި ހިދުމަތްތަކާއި، ތަފާތު ތަޖުރިބާތައް މި ކެންޕެއިންގެ ޒަރިއްޔާއިން އިޝްތިހާރުކުރެވޭނެއެވެ.

މިކެންޕެއިންގެ ތެރެއިން ބްލެވަކަންޒޭ އެންޑް ވިވޭރޭ އެންޑް ވިއަޖާރޭގެ ޕޭޖްތަކުގައި ރާއްޖޭގެ ވީޑިއޯ ފޮޓޯ ހިމެނޭ އިޝްތިހާރުތައް ދެއްކުމާއި، 600 ޓުއަރ އޮޕަރޭޓަރުންނަށް ރާއްޖޭގެ މައުލޫމަތު ހިމެނޭ ނިއުސްލެޓަރ ފޯރުކޮށްދިނުމުގެ އިތުރުން އިޓަލީގެ 50 ޓްރެވަލް އެޖެންޓުންނަށް ހާއްސަކޮށް ރާއްޖޭގެ މައުލޫމަތުދިނުމަށް ހާއްސަ ވެބިނާއެއް ބޭއްވޭނެއެވެ.

މީގެއިތުރުން ބްލެވަކަންޒޭ އެންޑް ވިވޭރޭ އެންޑް ވިއަޖާރޭ ވެބްސައިޓްގެ ލޭންޑިން ޕޭޖުގައި 1 އަހަރު ވަންދެން ރާއްޖެ އިޝްތިހާރުކުރުމުގެ އިތުރުން، ހަނީމޫނަށް ދަތުރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކައް ހާއްސަ އިޓަލީގެ "ގޯއްޗެ ޑި ވިއާޖިއޯ" ގެ ވެބްސައިޓުގައި ރާއްޖެ ޕްރޮމޯޓުކުރާނެއެވެ. އަދި އިޓަލީގެ 150 ޓްރެވަލް އެޖެންސީގެ އޮފީސްތަކުގައި ހުންނަ ޑިޖިޓަލް ފައިނޭޖް ބޯޑުތަކާއި، ސްކްރީންތަކުގައި ރާއްޖޭގެ އިޝްތިހާރުތައް 4 މަސް ދުވަސް ވަންދެން ދައްކާނެއެވެ.