“ވޯލްޑް އެންޓި މައިކްރޯބިއަލް އެވެއަރނެސް ވީކް” ފާހަގަ ކުރުމުގެ ގޮތުން، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، މިނިސްޓްރީ އޮފް ހެލްތާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގުޅިގެން ވާޗުއަލް ދުވުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ. މިއީ ކުދި ފަނިފަކުސާގެ ނުރައްކަލަށް ހޭލުންތެރިކުރުމުގެ ގޮތުން ފާހަގަކުރެވޭ ހަފްތާއެކެވެ.
މި ރަން ކުރިއަށް ދާނީ. މި ހިނގާ ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އެމީހަކު ހުރިތަނެއްގައި ހުރެގެން ބައިވެރިވެވޭ މި ރަންގައި ދުވުން ޓްރެކް ކުރަން ބޭނުން ކުރާނީ ޓްރެކިން އެޕެކެވެ.
މި ދުވުމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަންފޯމޯލްޑިވްސް.ކޮމް އިން ރަޖިސްޓަރީ ކުރެވޭނެއެވެ.
މި ރަން އިން އެއް ވަނަ އަށް ދާ ފަރާތަކަށް ޑިޖިޓަލް ފިނިޝާރ މެޑަލްއެއްގެ އިތުރުން ރީޔޫސެބަލް ފެން ފުޅިއެއް ލިބޭނެއެވެ.
މީތި ސަޅިއޭ.