މިއަހަރުގެ މާރްޗަ މަހުގެތެރޭ ކުރީގެ އެކްޓަރު ސަންޖޭ ކަޕޫރުގެ އަންހެން ދަރިފުޅު ޝަނާޔާ ކަޕޫރު ބޮލީވުޑަށް ތައާރަފްވުމަށް ތައްޔާރުވަމުން އަންނަކަމަށް ޚަބަރުތައްވަނީ ބުނެފައެވެ.

ޝަނާޔާ ކަޕޫރު ބޮލީވުޑަށް ތައާރަފްކުރާނީ ގިނަ ޒުވާން ތަރިންތަކެއް ބޮލީވުޑަށް ނެރެދީފައިވާ ދަރްމާ ޕްރޮޑަކްޝަންސްއިން ކަމަށް އޭރުވެސް މީޑިއާ ރިޕޯޓުތައްވަނީ ބުނެފައެވެ. ފަހުގެ ޚަބަރުތައް ބުނާޣޮތުން ޝަނާޔާވަނީ އޭނާގެ ފުރަތަމަ ފިލްމަށް ސޮއިކޮށްފައެވެ. ޝަނާޔާގެ ބައްޕަ އެކްޓަރު ސަންޖޭ ކަޕޫރުވެސްވަނީ މިކަން ކަށަވަރުވާކަހަލަ ގޮތަކަށް ސޯޝަލް މީޑިއާގައި ވާހަކަދައްކާފައެވެ.

"ދޯނޯ މިލޭ އިސްތަރާ"ގެ ނަމުން ނަންދެވިފައިވާކަމަށް ރިޕޯޓުތަކުން ބުނާ މިފިލްމުގެ މަސައްކަތް ފެށުމަށް މީގެކުރިން ޝެޑިއުލްކޮށްފައިވަނީ މިއަހަރުގެ ޖުލައިމަހުގެތެރޭގައެވެ. އެހެންނަމަވެސް ކޮވިޑް ބަލީގެ ނުރައްކަލާއެކު ފިލްމުގެ ޝެޑިއުލް ހުއްޓުމުކަށްއައީއެވެ.

ބަތަލާ އާލިއާ ބަޓްއާއި އެކްޓަރު ވަރުން ދަވަން އަދި ސިދާތް މަލްހޯތްރާފަދަ ހުނަރުވެރިން ތަރިންތަކެއް ބޮލީވުޑަށް ނެރެދީފައިވާ ދަރްމާއިން ގެނެސްދޭ "ދޯނޯ މިލޭ އިސްތަރާ"ގެ ފިލްމު ޑައިރެކްޓުކުރަނީ ޝަޝާންކް ޚައިތަންއެވެ. ޝަޝާންއަކީ އޭނާގެ މޮޅު ހުނަރުން ދަރްމާގެ ބާނީ ކަރަން ޖޯހަރުގެ މަގުބޫލުކަމާއެކު އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ ކުޅަދާނަ ފަންނާނެކެވެ.

ފިލްމު "ދޯނޯ މިލޭ އިސްތަރާ"ގެ ޓައިޓްލްއާމެދު އޭނާ ވަރަށް ހިތްހަމަޖެހޭކަމަށާއި މިވަގުތު އޭނާގެ ފޯކަސް މުޅީންވެސްހުރީ ރީތި އަދި ހިތްގައިމު ފިލްމެއް އާއްމުންނާ ހަމައަށް ގެނެސްދިނުމަށްކަމަށް ރިޕޯޓުތައް ބުނެއެވެ.

ޝަނާޔާއެކު ފިލްމުގައި ދެން ފެނިގެންދާނީ މިދިޔައަހަރު ނެޓްފްލިކްސްއިން ގެނެސްދިން "ގިލްޓީ"އިން ފެނިގެންދިޔަ ގުރްފަތޭހް ޕިރްޒާދާ އަދި ސޮނީ ޓީވީއިން ގެނެސްދިން "ޕޯރަސް"ސީރީޒްއިން އާއްމުންގެ މެދުގައި މަގުބޫލު އެކްޓަރު ލަކްޝް ލަލްވާނީއެވެ.