ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމުކުރާ ސްކްރީން ރައިޓިންގ ވާރކްޝޮޕެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއީ ރާއްޖޭގެ ތަފާތު ސްކްރީން އަދި ޖޮންރާތަކަށް ސްކްރިޕްޓު ލިޔާނެ ލިޔުންތެރިން އުފެއްދުމާއި، ސްކްރީން ރައިޓިންގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މިފަންނު އިތުރަށް ތަރައްގީކޮށް ޕްރޮފެޝަނަލް ލެވަލްއެއްގައި މިކަން ކުރާނޭ ގޮތުގެ މަޢުލޫމާތު ހިއްސާކުރުމުގެ މަޤްސަދުގައި ބާއްވާ ވާރކްޝޮޕެއްކަމަށް އެންސީއޭއިން ބުނެއެވެ.

އެންސީއޭއިން އިންތިޒާމްކޮށްގެން ބާއްވާ މި ވާރކްޝޮޕް 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެންސީއޭއިން ބުނެއެވެ.

މި ވާރކްޝޮޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ މީހުން 22 ނޮވެމްބަރު 2021 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން އެންސީއޭގެ އިޢުލާނާއެކު ހިމަނާފައިވާ ލިންކް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެންސީއޭއިން ވަނީ އެދިފައެވެ.

މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެންސީއޭއަށް ގުޅުމަށްވެސް އެދިފައިވެއެވެ.