މިހާރު ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ކުރިއަށްގެންދާ ލިވިންގް އެކްސްޕޯގައި ވިލާ ހަކަތައިން އާއްމުންނަށް މައުލޫމާތު ދޭނީ އެ ކުންފުނިން ވިއްކާ ސިމެންތި އާއި ގޭހާ ގުލޭ ގޮތުން ކަމަށް ވިލާ ހަކަތައިން ބުނެފިއެވެ.

މިހާރު ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ކުރިއަށްގެންދާ ލިވިންގް އެކްސްޕޯގައި ވިލާ ހަކަތައިން އާއްމުންނަށް މައުލޫމާތު ދޭނީ އެ ކުންފުނިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްގެ އިތުރުން ވިލާ ގޭހާއި ގުޅޭ މައުލޫމާތެވެ.

ވީލާ ހަކަތައިގެ ފަރާތުން އެކުންފުނީގެ ސޭލްސް މެނޭޖަރ ބާސިލް ނަފީސް ވިދާޅުވީ، ސްޓްލަށް ޒިޔާރަށް ކުރައްވާ ފަރާތްތަކަށް ވިލާ ހަކަތައިން މާކެޓަށް ނެރެފައިވާ، ވިލާ ސިމެންތި، ވިލާ ކޯރސް ސޭންޑް، ވިލާ އެގްރިގޭޓް، ވިލާ ފައިން ސޭންޑް، ވިލާ ރޫފިންގް ޕްރޮޑަކްޓްސް، ވިލާ ރެއިންފޯރސްޓް ބާރ، ވިލާ ޓިންބާރ ފަދަ ބާވަތްތަކުގެ ކޮލިޓީ ވަޒަންކޮށްލުމާއި، އެ ބާވަތަކާއި ގުޅޭ އިތުރު މައުލޫމަތު އެއްތަނަކުން ފޯރުކޮށްދިނުމަކީ އެ ސްޓްލްގެ އަމާޒެވެ.

ހުކުރު ދުވަހުގެ ހަވީރު ފެށި ލިވިންގް އެކްސްޕޯގައި މިއަދުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ލިވިންގް އެކްސްޕޯ ކުރިއަށްދާއިރު، މި އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ އިނާމްތައްވެސް ލިބިގެންދާނެކަން ފާހަގަކޮށްލަން ޖެހެއެވެ.

މި އެކްސްޕޯގައި 35 ކުންފުންޏަކުން ބައިވެރިވެފައިވާއިރު، އޭގެތެރޭގައި ވިލާ ހަކަތަ ހިމެނެއެވެ. ވިލާ ހަކަތައިގެ ސްޓޯލްގައި އެ ކުންފުނީގެ ތަކެތި ބޭނުންކޮށްގެން ހިންގާފައިިވާ ބޮޑެތި ޕްރޮޖެކްޓްތަކާއި، އެކުންފުނީގެ ގޭސް، ހިލަ، ހިލަވެލި، ދަގަނޑު، ސިމެންތި އަދި ޓިނު ފަދަ ތަކެތި ޑިސްޕްލޭކޮށްފައި ވެއެވެ.

ވިލާ ގޭސް ހޯދަން ރަޖިސްޓަރީ ކުރުމުން، ހިޔާ ފްލެޓުގެ ހަ މަސް ދުވަހުގެ މެއިންޓަނަންސް ފީ ލިބޭނެ ޕްރޮމޯޝަނެއް ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ޓަވަރަކުން ނަސީބުވެރިއަކު ހޮވާނެ އެވެ. މިގޮތަށް ހޮވޭ ކޮންމެ މީހަކަށް މެއިންޓަނެންސް ފީ ދައްކަން 6،000ރ. ލިބޭނެ އެވެ.

މި ޕްރޮމޯޝަނުގެ ދަށުން ގޭސްފުޅިއަށް ރަޖިސްޓަރީކުރާ މީހުންނަށް ފުޅި ހިލޭ ލިބޭނެ އެވެ. އެހެންކަމުން ދައްކަން ޖެހޭނީ ހަމައެކަނި ރީފިލް ކުރަން ދައްކާ 200ރ. އެވެ.

https://docs.google.com/forms/d/e/1FAIpQLSeYwprNZAZRVHqG_axPkoq78dMZVK0fgYjC33FxnPulytXF2A/viewform