ހިޔާ ފްލެޓުތައް ތަޅާލުމުގެ ވިސްނުން އެއްއިރެއްގައި ގެންގުޅުއްވި ކަމަށް ޕްލޭނިން, ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަސްލަމް މިފަދައިން ވިދާޅުވީ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ.
އަސްލަމް ވިދާޅުވީ މި ސަރުކާރު އައި އިރު، ހިޔާ ފްލެޓުތަކުގެ މަސައްކަތް ހުރީ ހުއްޓާ ނުލެވޭ ވަރަށް ކުރިއަށް ގޮސްފައި ކަމަށާއި އެތަން ތަޅާލުމަށް ވެސް އެއް އިރެއްގައި ވިސްނުން ގެންގުޅުއްވި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވަނީ ރައިސް ޔާމީން ސަރުކާރުގެ ހިޔާ މަޝްރޫއުގެ އެއްކޮޓަރީގެ އެޕާޓްމަންޓްތައް ފެނިއްޖެތޯ މިސްޓަރ އަސްލަމާ ސުވާލު ކުރައްވާފައެވެ.
އަދި އެ ސުވާލުގެ ޖަވާބު ދެއްވަމުން ހިތްޕުޅު ހަމަނުޖެހުމާއެކު މިނިސްޓަރ އަސްލަމް ވިދާޅުވީ، ހިޔާ ފްލެޓްތަކަކީ މުޅި އައްޑޫ ސިޓީގެ އާބާދީއާއި އެއްވަރުގެ އާބާދީއެއް އެއްތަނަކަށް ޖަމާކުރުވަން ހިންގާފައިވާ މަޝްރޫއު އެއްކަމަށް ވިދާޅުވެފައެވެ. އަދި އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށާއި، އެތަނަކީ ކޮތަރު ކޮއްޓެއްހާ ކުޑަ ތަންކޮޅެއް ކަމަށް ވިދާޅުވުމުން އެމަނިކުފާނަށް ހެއްދެވި ނުހެއްދެވިއަށް ބައެއް ފަރާތްތަކުން ގޮވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ 7000 ފްލެޓުގެ 25 ބުރީގެ އިމާރާތްތަކެއް ޖެހިޖެހިގެން އަޅަން ކުރީ ސަރުކާރުގެ ޕްލޭން ގޯސް ކަމަށާއި އައްޑޫ ސިޓީގެ އާބާދީއަށް ވުރެ ބޮޑު އާބާދީއެއް، އެވަރުގެ ކުޑަ ތަންކޮޅަކަށް ޖަމާކޮށްފައި ބާއްވަން ނިންމި ނިންމުން ގޯސް ކަމަށެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ހައުސިންގ މިނިސްޓަރ ވިދާޅުވީ ހިޔާ ފްލެޓުތައް މަސްތުވާތަކެއްޗާއި ކުށުގެ ހާއްޔަކަށްވީ، އެހާ ބޮޑު އާބާދީއެއް ކުޑަ ތަންކޮޅަކަށް ޖަމާކޮށްފައި އޮތުމުން ކަމަށެވެ. އަދި މިހާލަތަށް އެތަން ވެއްޓުނީ ގޯސް ނިންމުންތަކުގެ ސަބަބުން ކަމަށްވެސް މެމްބަރު އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ރައްޔިތުންގެ އެދުމަށް އެތަން ދިނުމުން، މިހާރު ދައްކަނީ ދިމާވާ މައްސަލަތަކުގެ ވާހަކަ ކަމަށާއި އެކަންކަން ވާނެކަން ކުރިންވެސް އެނގެން ވާނެ ކަމަށެވެ.
ހިޔާ ފުލެޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ހިޔާ ފްލެޓުތަށް ކުށުގެ ހާއްޔަކަށްވީ ނަމަވެސް އެތަނުގައި ދެން ކުރެވޭނެ މާބޮޑު ކަމެއްނެތް ކަމަށެވެ. އަދި ފުލުހުން އެތަނަށް ވަދެ، ވިޔާނުދާ ކަންކަން ކުރާ މީހުންނަށް އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ.
ދެން އެ ނޫން ގޮތެއް އެތާނގައި ނުހެދޭނެ ކަމަށްވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
ހިޔާ ޢިމާރާތްތައް ތަޅާލަން މިސަރުކާރުން ވިސްނިކަމަށް ތަޅާ އަސްލަމްވަނީ ރައްޔިތުންގެ މަޖިލީހުގަ އިއުތިރާފުވެފަ. މި ސަރުކާރުން ފުރަތަމަ ޖެއްސި ސްޓަންޓަކީ ހިޔާ ފުލެޓްތަކަކީ ކޮތަރުކޮއްޓޭ ކިޔައިގެން ރައްޔިތުން އެތަނަށް ނުވަންނާނެގޮތް ހަދަން. އެކަންވީ ފެއިލް. އެމީހަކަށް ވެވުނުވަރަކަށް މަސައްކަތް ނިންމައިގެން މީހުން ވަންނަންފަށައިފި. މިހާރުގެ ޕްލޭނަކީ އެއީ ބިރުވެރި މާޙައުލެއްކަމަށް ރައްޔިތުންނަށް ދެއްކުން. އެއީ ކުށުގެ ސަރަހައްދަކަށް ހެދުން. ކުނީގެ މާހައުލަކަށް ހެދުން. ޕާޓޭންނާއި، ވަގުންނާ، ފޭރޭ މީހުން މިނިވަންކަމާއެކީ އުޅެވޭނެ ސަރަހައްދަކަށް ހެދުން. މިކަމަށް ހުރިހާ އެންމެންވެސް ސަމާލުވާތި.
ކަލޯގެޔާ. މީނަ މީ ކޮންކަހަ ގޮތަކުން މަގާމަށް ނަގާފަ ހުރި މީހެއް. މިއަށްވުރެ މަގުމަތިން ބަނގުލަދޭޗް މީހަކު މި މަގާމަށް ލިޔަސް ހަމަގައިމުވެސް ހަމަޖެހޭ ވާހަކައެއް ދައްކަފާނެތޯއްޗެއް. މި މީހުންނަށް މަކުރި އިތުބާރު ގެއްލިއްޖެ
ހަގީގަތަކީ ކަންކުރަންވީ ގޮތްވެސް ނޭނގުން. ތިންއަހަރު ވެއަތުވެ ދިޔައީ އެއްމެ ކުޑަމިނުން މިތާނަގ އުޅޭބަޔަކަށް އަޅުކަމެއްވާނެ ގޮތެއްވެސް ވަގުތީ ފިހާރަގަނޑެއްވެސް އަޅަން ނޭނގުނު. ދެން އިމާރާތެއްގެ ވާހަކަ ދައްކާކަށް
މަ ވަރަށްބޮޑަށް އުންމީދު ކޮށްގެން އަދި މިހުރީ މިވެރިން ކެނޑި ފޮނީގެ ސަބަބުން މިދައުރުގަ މާ ތަނަވަސް ރަނގަޅު ބޯހިޔާވެހިކމެއް ލިބޭނެ ކަމުގަ. އެކަމު މިއަދު ވަރަށް މާޔޫސްވެއްޖެ މި އަސްލަމަކު މި ދެއްކި ވާހަކަޔަކުން. މިހާރު ޔަގީންވެ ކަށަވަރުވެއްޖެ ދެން މިވެރިންގެ އެއްވެސް ވިސްނުމެއް ބޯހިޔާ ވެހިކަމަކަށް ނެއްކަން. ކިހިނެއް އެބުނާގޮތުން ވިއްޔަ ދެން ހުޅުމާލޭގަވެސް އިތުރު ތަނެއް ނުހެދޭނެއްނު. އެތަނުގަ އެޓަވަރުތައް ހެދީމަ އެބިމުމުގެ ކަންތައް އެއޮތީ ނިމިފަތާ. ދެން އިތުރު ތަނެއް ހިއްކިޔަސް އެތަނެއްގަ މިމީހުން އަލާނީ އެއްމެ ގެއެއްނު. ދެގެ ޖެހިޖެހިގެން ފެންނަ ހިސާބުގަ އެޅިޔަސް ނުބެލހެއްޓޭނެ ކަމަށް އެބުނަނީ.
މީނަމީ އަޅެ ކޮންކަހަލަ ވިސްނުމެއް ވިސްނާ މީހެއްތަ. މަށެއް ނުދެކެން އެއްވެސް ތަނެއްގަ އަދި ގައުމެއްގަ މީހަކު މިޒާތު ވާހަކައެއް ދެއް އަޑެއް. މީނަ ބުނާ ގޮތުން ޖެހިޖެހިގެން ދެ ގެވެސް ބަހައްޓައިފިއްޔާ ދެން މިމީހުނެއް އެއްވެސް ކަމަކާ ހަވާލެއްނުވާނެތާ.
އެހެންވީމަ ހުޅުމާލެ ފޭސް2 ގަ ޓަވަރެއް އަޅާފަ ދެން އަނެއް ޓަވަރު މި ސަރުކާރުން މީނަގެ ޕްލޭނިންގގެ ދަށުން އަޅާނީ މާސްގަ އެއްޓަވރު ދެން މޫން ގަ އެއްޓަވަރު ކަމަށްވާނީ. އޭރަށް ކިރިޔާވެސް އެތަން ތަނުގަ އުޅޭ މީހަކަށް ކަމެއް ކޮށްދެވޭނީ. މޮޅުވާހަކަ ނުދައްކާ ތިމާމެނަށް ނޭނގެނިއްޔާ ނޫނީ ނުކުރެވެނިއްޔޭ ބުނިއްޔާ މާރީތިވާނެ.
މަށަކަށް ނުވިސްނޭ އެތަނުގަ އެއްމެ ޓަވަރެއް އަޅައިގެން މި މާލޭގަ ވެސް ބޯހިޔާ ވަހިކަން ނުލިބި ތިބި ބަޔަކަށް ބޯހިޔާ ވެހިކަން ފޯރު ކޮށްދެވޭނެ ގޮތެއް. ދެން ތިވާހަކަ ދައްކާ ސިންގަ ޕޫރު ކަހަލަ ތަންތަނުގަވެސް ފެންނަނީ ބޮޑަތި ޓަޗަރުތައް މިގޮތަށް ކަިއރީގަ މީހުން އުޅެން ހަދާފަ ހުންނަ ތަން. ތިމާޔަށް ޓަވރު އަޅާނެ ވިސްނުމެއް ނައުމަކީ އެހެން މީހުން ކުރާ ކަންކަން ގޯސްކުރަންވީ ސަބަބެއް ނޫންކަންނޭގެ.
މީ އަޅެ ކޮންކަހަލަ މިނިސްޓަރެއްތަ!! ކިޔޭ ނުކިޔޭވެސް ނޭނގޭ މީހެއްނުމީ. މިވަރު މީހަކަށް ޕްލޭނިން މިނިސްޓަރުކަމާ އެއްޗެތި ދިނީމަ ވާނެ ހައެއްތި މިވަނީ.
މީނަގެ ތިރީ އަކީ މިވަރުގެ ބިމެއްގައި އެއްމެ ޓަވަރެއް އެޅުންބާ.. ތިމާމެނަށް ކަމެއް ނުކުރެވުނީމާ ބަތްނުބައިވީހެން ކަންކުރިމީހުން ގޯސްނުކޮށް ސަލާމަތްވެބަލަ. ތަނެއް ހަދާފަ ދިނީމަ އެތަން އެއްމެ ކުޑަމިނުން ނުބެލެހެއްޓޭ ބަޔަަކަށް އިތުރަށް ތަނެއް އެޅޭނެ ގޮތަކީ ނެތްގޮތެއް.
މި މިނިސްޓަރަކީ މިކަމަށް ކުފޫ ހަމަވާ މީހެއް ނޫންކަން މިޖަވާބުތަކުން ސާބިތުވެއްޖެ. ބަލަގަ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި މަސްތުވާ ތަކެއްޗާ މާރާ މާރިއާ ފުރައްސާރައާ ވައްކަމާއިތުރުވެގެން އުޅޭ އުޅުން ހައްލުވޭބާ؟ އެއީ ވެސް މި 25 ބުރީގެ އިމާރާއް އެއްތަނެއްގައި އަޅައިގެން ވާކަމެއްބާ؟