މައްސަލައެއް ބެލުމުގައި ފަރުވާ ކުޑަކުރި ފެމިލިޓީ ކޯޓުގެ ގާޒީއަކަށް ޖުޑީޝަލް ސަރވިސް ކޮމިޝަނު (ޖޭއެސްސީ)ން ފިޔަވަޅު އަޅަންއަޅައިފިއެވެ.

ޖޭއެސްސީން ބުނީ ފެމިލީ ކޯޓަށް ހުށަހުޅުނު މައްސަލައެއް ބަލައި ހުކުމްކުރުމުގައި، މައްސަލަ ބެއްލެވި ގާޟީ ޢަބްދުﷲ ޢަދީބު ފަރުވާކުޑަކޮށްފައިވާކަން ސާބިތުވެފައިވާތީ، ޤާޟީ ޢަބްދުﷲ ޢަދީބުގެ މި ޢަމަލަކީ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށެވެ.

އެގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގެ ދަށުން، އޭނާއަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ގާޟީ ޢަބްދުﷲ އަދީބަށް އެންގުމަށް ކޮމިޝަނުން ވަނީ ނިންމާފައި ކަމަށް އެ ކޮމިޝަނުން ބުނެއެވެ.