ސޯޝަލް ހައުސިންގަށް ދޭން އަޅާފައިވާ 7000 ހައުސިން ފްލެޓްތައް، އެއީ އެކަނި ނިންމޭނެ ކަމެއް ނަމަ އެތަން ތަޅާލާނެ ކަމަށް ޕްލޭނިން, ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވުމުން އޭނާ ހޫނުފެނަށް ވައްޓާލައިފިއެވެ.

އެގޮތުން އާންމުންނަށް އެކަނި ނިންމޭނެ ކަމެއްނަަމަ ޕްލޭނިން, ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް އެމަގާމުގައި ނުބަހައްޓައި އޮފީހުން ނެރެ ބޭރުކޮށް ލާނެ ކަމަށް ބޯހިޔާވަހި ކަމުގެ ދިފާއުގައި މަސައްކަތް ކުރާ ކޮމަނަރސް ފްރެންޑްޝިޕް އެސޯސިއޭޝަން (ކޮތަރު ކޮށި)ން ބުނެފިއެވެ.

ކޮތަރުން ކޮށި ހިންގާ އާންމުންގެ ޖަމުއިއްޔާ މިފަދައިން ބުނެފައި މިވަނީ އިއްޔެ އޮތް ރައްޔިތުންގެ މަޖްލީހުގެ ޖަލްސާގައި މިނިސްޓަރ އަސްލަމް އެމަނިކުފާނަށް އެކަނި ނިންމެވޭނެ ނިންމެވުމެއް ނަމަ ހިޔާ ފްލެޓްތައް ތަޅާލީސް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

އެގޮތުން އެ ޖަމްއިއްޔާއިން ބުނެފައިވަނީ އާންމުންނަށް އެކަނި ނިންމޭނެ ކަމެއްނަމަ 30،000 ރައްޔިތުންގެ ހައްގުގައި މިނިސްޓަރ އަސްލަމް ތަޅާ ރައްޔިތުންގެ އޮފީހުން ބޭރުކޮށް އުކާާލީސްކަން ކަށަވަރު ކަމަށެވެ.

އަސްލަމްގެ މިވާހަތަކާއި ގުޅިގެން ވަރަށް ގިނަ އާންމު ރައްޔިތުން ވަނީ އަސްލަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ފުރަތަމަ ވެފައިވާ ވައުދުތައް ފުއްދައި، ބޯހިޔާވާނެ ތަނެއް ދެއްކުމަށްފަހު އެފަދަ ވާހަކަ ދެއްކުމަށް ގޮވާލާފައެވެ.

އާންމުންގެ ބައިތުލްމާލުން ލާރިކައިގެން، އާންމުންގެ އޮފީހެއްގައި ހުރެ،ރިއަލްއެސްޓޭޓު ވިޔަފާރިވެރިންގެ ކަސްބީ އަކަށް ވެގެން. ހައުސިން ވުޒާރާ ރިއަލް އެސްޓޭޓު ވިޔަފާރިވެރިންގެ ނާސިގެއަކަށް ހަދައިގެން، ކޮޅަށާއި އަރިއަރިއަށް އަދި ގުދަށް ހުރެ އެ ވިޔަފާރިވެރިންގެ ހައުސިން އަދި ކުލީގެ ވިޔަފާރި ހިމާޔަތް ކުރުމަށް، އާންމުންގެ ކަރަށް ފައިން އަރައި، އާންމުންގެ ލޭބޮމުން، އާންމުންގެ ގެތަށް ތަޅާ ވާހަކަ ދައްކަމުންދާ ވަޒީރު އަސްލަމް އެމަގާމުން ބޭރުކޮށް ހައުސިން މިނިސްޓްރީ ދޮވެ ސާފުކޮށް، އެތަނަށް ރައްޔިތުންނަށް ހިދުމަތް ކުރާނެ މީހަކު ލުމަށް ރައިސުލްޖުމްހޫރިއްޔާ @ibusolih އަޅުގަނޑުމެން ގޮވާލަމެވެ."
ކޮމަނާރސް ފްރެންޝިޕް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ކޮތަރު ކޮށި)

ރައްޔިތުންގެ މަޖިލީހުގެ އިއްޔެއްގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ހިޔާ ފްލެޓްތަކަކީ މުޅި އައްޑޫ ސިޓީގެ އާބާދީއާއި އެއްވަރުގެ އާބާދީއެއް އެއްތަންކޮޅަށް ޖަމާކުރުވަން ހިންގާފައިވާ މަޝްރޫޢުއެއްކަމަށެވެ.

އަދި އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށާއި، އެތަނަކީ ކޮތަރުކޮއްޓެއްހާ ކުޑަ ތަންކޮޅެއް ކަމަށް ވިދާޅުވުމުން އެމަނިކުފާނަށް ހެއްދެވި ނުހެއްދެވިއަށް ބައެއް ފަރާތްތަކުން ގޮވާފައިވާ ކަމަށެވެ.

ހިޔާ ފްލެޓާއި ގުޅޭ ގޮތުން މިނިސްޓަރ އަސްލަމް އިއްޔެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެން ކުރީ ސަރުކާރުގެ ވަޒީރުންނާއި މަޖްލިސް މެމްބަރުންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން އަންނަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ނުރުހުން ފާޅުކުރުމުގެ އިތުރުން މީމްސްތައްވެސް ހަދާ މީސްމީޑިޔާގައި ހިއްސާކުރަމުންނެވެ.

އެގޮތުން ކުރީ ސަރުކާރުގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވީ ކޮތަރު ކޮށްޓެއްގެ ގޮތުގައި ސިފަކުރާ ފުލެޓްތަކަށް އެކަމަނާ ވަޑައިގަންނަވާ ކަމަށާއި އެއީ ގިނަ އާއިލާތަކަކަށް ލިބިފައިވާ އުއްމީދެއް ކަމަށެވެ.

މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރ އަލްއުސްތާޛާ އަނާރާ ނައީމްވަނީ ހިޔާ ފްލެޓްތައް އެއީ ރައީސް ޔާމިންގެ ސަރުކާރުން ކޮށްފައިވާ ޝުކުރު ހައްގު މަސައްކަތެއް ކަމަށް ވިދާޅުވެ ޝުކުރު އަދާކުރައްވާފައެވެ.

ދިވިލޭމީހާ ބުނެފައިވަނީ އިސްތިއުފާ ދެއްވުމަށްފަހު މިނިސްޓަރ އަސްލަމް ގެއަށް ވަޑައިގަތުމަށެވެ.

މަޝްހޫރު ބޮއި ޖަލީލް ވަނީ ސަރުކާރުގެ ވެރިންނަށް މަގާމު ލިބުނީމަ ރައްޔިތުންނަށް ހަސަދަ ފިލުވަނީ ކީއްވެތޯއާއި ކުށަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބުންތޯ ސުވާލުކުރައްވާފައެވެ. އަދި ވެރިންނަށް މުސާރަ ދެނީ ރައްޔިތުން ކަންވެސް ހަނދާން ކޮށްދެއްވާފައެވެ.

އިއްޔެ އޮތް ރައްޔިތުންގެ މަޖްލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހައުސިންގ މިނިސްޓަރ ވިދާޅުވީ ހިޔާ ފްލެޓުތައް މަސްތުވާތަކެއްޗާއި ކުށުގެ ހާއްޔަކަށްވީ، އެހާ ބޮޑު އާބާދީއެއް ކުޑަ ތަންކޮޅަކަށް ޖަމާކޮށްފައި އޮތުމުން ކަމަށެވެ. އަދި މިހާލަތަށް އެތަން ވެއްޓުނީ ގޯސް ނިންމުންތަކުގެ ސަބަބުން ކަމަށްވެސް މެމްބަރު އަސްލަމް ވަނީ ވިދާޅުވެފައެވެ.

އަސްލަމް ވިދާޅުވީ ރައްޔިތުންގެ އެދުމަށް އެތަން ދިނުމުން، މިހާރު ދައްކަނީ ދިމާވާ މައްސަލަތަކުގެ ވާހަކަ ކަމަށާއި އެކަންކަން ވާނެކަން ކުރިންވެސް އެނގެން ވާނެ ކަމަށެވެ.

ހިޔާ ފުލެޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ހިޔާ ފްލެޓުތަށް ކުށުގެ ހާއްޔަކަށްވީ ނަމަވެސް އެތަނުގައި ދެން ކުރެވޭނެ މާބޮޑު ކަމެއްނެތް ކަމަށެވެ. އަދި ފުލުހުން އެތަނަށް ވަދެ، ވިޔާނުދާ ކަންކަން ކުރާ މީހުންނަށް އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

ދެން އެ ނޫން ގޮތެއް އެތާނގައި ނުހެދޭނެ ކަމަށްވެސް މިނިސްޓަރ އަސްލަމް ވަނީ ވިދާޅުވެފައެވެ.

ހިޔާ ފްލެޓްތަކުގައި މިހާރު މީހުން އާބާދުވާން ވަނީ ފަށާފައެވެ. އަދި ހިޔާ ފްލެޓާއެކު ދިރިއުޅުމަށް ބަދަލުތަކެއް އައިސްފައިވާ ކަމަށްވެސް އެތަނަށް ބަދަލުވެފައިވާ ގިނަ އާއިލާތަކުން ބުނެފައިވެއެވެ.

ސަރުކާރުން، ފެލްޓް ލިބުނު މީހުންނާއި ހަވާލުކޮށްފައިވާއިރު، އެތަން ދިނީ ފިނިޝިންގެ މަސައްކަތް ނުނިންމާކަމުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.

ހިޔާ ފްލެޓްތަކަށް ދީފައިވާ ގްރޭސް ޕީރިއަޑްގެ ތިންމަސް އަންނަ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހަށް ހަމަވާނެއެވެ.

މިއާއިއެކު އެ ސަރަހައްދުގައި ގާތްގަނޑަކަށް 30000 މީހުންގެ އާބާދީއެއް ދިރިއުޅެން ފަށާނެ ކަމަށް ލަފާކުރެވެއެވެ.