މާސްކް ނާޅާ އުޅޭ ހާލަތަށް ރާއްޖެ އަދި ނުދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމިލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ކުރިއަށް އޮތީ ޗުއްޓީ ދުވަސްވަރު ކަމަށެވެ. އެހެންކަމުން ކޮންމެހެން ބޭރަށް ދާން ޖެހިއްޖެ ހާލަތެއްގައި ނޫނީ ބޭރު ތެރޭގައި ނޫޅުމުށާއި މާސްކް ބޭނުން ކުރުމަށް ޑރ ވަނީ އެދިވަޑައިގެންފައެވެ.

މާސްކް އެޅުމަކީ މި ބަލިން ރައްކާތެރިވުމަށް އެންމެ ބޮޑު އެއް ފިޔަވަޅު ކަމަށްވާތީވެ، އެކަން އަދިވެސް ދޫކޮށްލާ ހިސާބަކަށް އަޅުގަނޑުމެންގެ ހާލަތެއް ނުދޭ، އެހެންވެ އަދިވެސް މާސްކް އެޅުން ވަރަށް މުހިންމު"
އެޗްޕީއޭގެ އެޕިޑެމިލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް

މީގެ އިތުރުން ޑރ އަފްޒަލް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ އަދަދު މަދުކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި ޑޮކްޓަރުންނާއި ސިއްހީ މާހިރުން އަދި ކަމާއިގުޅުން ހުރި އިދާރާތަކުން ދޭ އިރުޝާދުތަކަށް ބޯލަނބައިގެން އުޅުމަށް ޑރ. އަފްޒަލް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން ޑޮކްޓަރުންނާއި ކަމާ ގުޅުން ހުރި އިދާރާތަކުން ދޭ އިރުޝާދުތަކަށް ބޯލަނބައިގެން އުޅުމަށް އަފްޒަލް ނަސޭހަތްތެރިވެ ވަޑައިގަތެވެ.