ދަރިވަރުންތަކެއް ކައިރީ އިސްލާމްދީނާ ޚިލާފް ވާހަކަތަކެއް ދެއްކި އައްޑޫ ސިޓީ ހުޅުމީދޫ ސ. އަތޮޅު މަދަރުސާގެ ޓީޗަރު ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފިއެވެ.

"ވީނިއުސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަދަރުސާގެ ގްރޭޑް 8 ގައި ކިޔަވައިދޭ އިންޑިއާއަށް ނިސްބަތްވާ ޓީޗަރަކު ވަނީ ކީރިތި ޤުރުއާނަށް ފުރައްސާރަކޮށް، ދަރިވަރުންނަށް ދީނާ ޚިލާފް ވާޙަކަތަކެއް ކިޔައިދީ ކަލަކުވާކަމާ މެދު ސުވާލު އުފައްދައިފައެވެ.

އެގޮތުން "ކަލާނގެ ވޮޑިގެން ނުވާ" ކަމަށާއި، ކީރިތި ޤުރުއާނުގައި ވަނީ "ޚިޔާލީ ވާހަކަތަކެއް" ކަމަށް ބުނެ އޭނާ ވައިބަރ ގްރޫޕެއްގައި ދައްކާފައިވާ ވާހަކަތަކެއްގެ ސްކްރީންޝޮޓް ދަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ.

އެ ޓީޗަރުގެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައި ހިސާބުން ފެށިގެން ދަރިވަރުންނާ ގުޅުންހުރި ކަންކަމުން އޭނާ އެކަހެރި ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ އަހުމަދު އަލީ އާއި ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

މީގެއިރުތުން، އެ މައްސަލައިގެ ތަހުގީގު ރިޕޯޓު މިހާރު ލިބިފައިވާ ކަމަށާއި، ޢޭނާއާއި މެދު އަޅާނެ ފިޔަވަޅެއް ނިންމާނީ އެއަށް ފަހުކަމަށް އޭނާ ވިދާޅުވިއެވެ. އަދި، އެ މައްސަލަ ތަހުގީގުކުރުމަށްފަހު ރިޕޯތަށް ރިއާއަތްކޮށް އެ ޓީޗަރާ މެދު އަޅާނެ އިތުރު ފިޔަވަޅަކާމެދު ގޮތެއް ނިންމަވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.