އަލަށް އުފަންވާ ކުދިންނަށް ހާއްސަކޮށް "ގިފްޓް ހެމްޕާ" އެއް ދޭ ކެމްޕެއިނެއް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ފަށައިފިއެވެ.

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯއިން ބުނީ "ފަހުރުވެރި އާއިލާއަށް"ގެ ނަމުގައި މިމަހު ފެށި މިކެމްޕެއިން ކުރިއަށް ގެންދާނީ އެ ކުންފުންޏާއި ޓްރީޓޮޕް ހޮސްޕިޓަލްއާ ގުޅިގެން ކަމަށެވެ.

އެގޮތުން އެ ކެމްޕެއިނުގެ ދަށުން ގިފްޓު ހެމްޕާ ހަވާލު ކުރެވޭނީ ޓްރީޓޮޕް ހޮސްޕިޓަލްގައި އުފަންވާ ކުޑަކުދިންގެ އާއިލާތަކަށްކަމަށް އެސްޓީއޯއިން ބުނެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގައި އަލަށް އުފަންވާ ކުދިންނަށް ދޭ ގިފްޓް ހެމްޕާގައި، ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އެސްޓީއޯގެ ޕްރޮޑަކްޓްތައް ހިމެނެއެވެ. އެގޮތުން މިވަގުތު ބާޒާރުގައި ލިބެން ހުރި އެންމެ ކޮލިޓީ ނެޕީ ކަމުގައިވާ ހަގީސް ނެޕީ އަދި ހަގީސްގެ ވޮންޑާ ޕޭންޓްސް މި ގިފްޓް ހެމްޕާގައި ހިމެނޭނެއެވެ.

އެސްޓީއޯ ސުޕަމާޓުން ލިބެން ހުންނަ، ދުނިޔޭގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ހަގީސް ނެޕީ އަދި ހަގީސްގެ ވޮންޑާ ޕޭންޓްސްއަކީ ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރު، ކުޑަކުދިންގެ ހަންގަނޑަށް އަރާމް ލިއްބައިދޭ މޮޅު ނެޕީއެކެވެ.