ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ގޭބިސީތަކުން ކުނި ނަގާ ވަގުތު ބަދަލުކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯއިން) ނިންމައިފިއެވެ.

ފުރަމާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި ނަގާ ވަގުތު ބަދަލު ކޮށްފައި ވަނީ 15 ސެޕްޓެމްބަރުގައެވެ. އެގޮތުން ހުޅުމާލޭގެ އަވަށްތައް ހިމެނޭގޮތަށް، އިމާރާތުގެ އެތެރެއިން ވަކި ފަންގިފިލާތަކުން ކުނި ނެގުމުގެ ހިދުމަތްވެސް ވަނީ ދޭން ފަށައިފައެވެ.

ވެމްކޯއިން ބުނީ ހުޅުމާލެއަށް ގިނަ އަދަދެއްގެ ރައްޔިތުން އާބާދު ވަމުން ދާއިރު، އެކޯޕަރޭޝަން ހިދުމަތްތައް އިތުރަށް ބައްޓަންކުރުމަށާއި މަސައްކަތްތައް ރުކުރުވާލުމަށްޓަކައި، ޑިސެމްބަރ 1 ވަނަ ދުވަހުން ފެށިގެން ހުޅުމާލޭ ގޭބިސީތަކަށް ހިދުމަތް ދިނުމަށް ހަމަޖެހިފައި ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

ވެމްކޯއިން ބުނީ ޑިސެމްބަރ މަހުގެ1 ވަނަ ދުވަހުން ފެށިގެން ދެން ހިދުމަތް ދެމުންގެންދާނީ 18:00 އިން 23:00 އާއި ދެމެދު ކަމަށެވެ.

އަދި ހަވީރު 17:00 އިން ފެށިގެން ތައްޔާރުކޮށްފައިވާ ކުނި ކޮތަޅު ނެގޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމަށް ވެމްކޯއިން އެދިފައިވެއެވެ.

ހިދުމަތަށް ރަޖިސްޓަރ ކުރުމަށް އެދޭ ކަސްޓަމަރުން އެކޯޕަރޭޝަންގެ ވެބްސައިޓް www.wamco.com/online އަށް ވަނުމުން ހިދުމަތަށް އެދެވޭނެއެވެ.