ކޮވިޑްގައި ހަރަކާތްތެރިވާ ފަރާތްތަށް ހޭލުންތެރިކުރުމުގެ ވޯކްޝޮޕެއް ނިލަންދޫގައި ފަށައިފިއެވެ.

މި ވޯކްޝޮޕަކީ ކޮވިޑް-19 އާއި ގުޅިގެން ރަށްރަށުގައި އުފައްދާފައިވާ ޓާސްކްފޯސްތަކާއި ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަށް ހޭލުންތެރިކުރުމުގެ ވޯކްޝޮޕެކެވެ.

ފ.އަތޮޅު ހޮސްޕިޓަލު ރެކްރިއޭޝަން ހޯލުގައި ބޭއްވި މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފ.އަތޮޅު ކައުންސިލްގެ ރައީސް އަލީ މުހައްމަދުއެވެ.

މިރަސްމިއްޔާތުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނިޝާންއާއި ފ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ އިބްރާހިމް ޚަލީލް އާއި ފ.ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙުމަދު އާއި ފ.އަތޮޅު ޕޮލިސް ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ފަޔާޒު އިސްމާޢިލްގެ އިތުރަށް ނިލަންދޫ ސްޕޯރޓްސް ކްލަބްގެ ރައީސް އަންވަރު ޢަލީ އާއި ފެސިލިޓޭޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވޯރކްޝޮޕް އޮން އެންހާސް ދަ އޮންގޮއިންގ ކޮވިޑް-19 ޕެންޑަމިކް ރެސްޕޮންސް އެޓް ލޯކަލް ލެވެލް ނަމުގައި ކުރިޔަށް ގެންދާ މިވޯރކްޝޮޕަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެހީތެރިކަމާއެކު ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ފުރިހަމަ އެއްބާރުލުމާއެކު ކުރިޔަށް ގެންދެވޭ ވޯރކްސޮޕެކެވެ.

މިވޯރކްޝޮޕްގައި ފެސިލިޓޭޓަރުން ގޮތުގައި އައިޖީއެމްއެޗްގައި މަސައްކަތްކުރައްވާ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ބައިވެރިވެ ވަޑައިގަންނަވައެވެ.

ފ.އަތޮޅައި ދ.އަތޮޅުން 32 ބައިވެރިންނާއެކު ކުރިއަށް ގެންދާ މި ވޯރކްޝޮޕްގައި ކިޔަވައިދެވޭ ބައިތަކުގެ ތެރޭގައި ސައިކޯ ސޯޝަލްސަޕޯރޓް ޑިއުރިންގ އެމަރޖެންސީ އެންޑް ޕެންޑަމިކްއާއި ކޮވިޑް ވެކްސިން އެވެއާރނަސް އެންޑް މިސްކޮންސެޕްޝަން އާއި ރޫޓިން ވެކްސިން އެވެއާރނަސް އަދި އިމްޕޯޓެންސް އޮފް ވެކްސިލޭޝަން ކޮމިއުނިކޭޝަން ޑިއުރިންގ ޕެންޑަމިކް އެންޑް އިމަރޖެންސީ ސިޓްއޭޝަން ފަދަ ބައިތައް ހިމެނެއެވެ.

މީގެ އިތުރުން ޓީމް ބިލްޑިންގ އެކްސަރސައިޒްތަކާއި ސަވައިލެންސް އެންޑް ރެސްޕޮންސް ފޯ ޕެންޑަމިކްސްއާއިކޮމިއުނިކޭޝަން ޑިއުރިންގ ޕެންޑަމިކް އެންޑް އެމަރޖެންސީ ފަދަ މުހިންމު ބައިތައް ބައިވެރިންނާއި ހިއްސާ ކުރާނެ ކަމަށް މިކަން އިންތިޒަމުކުރާ ފަރާތުން ބުނެއެވެ.

މިވޯރކްޝޮޕް މިމަހު 28 ވަނަ ދުވަހާއި ހަމައަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.