ޑިންގީއެއްގައި ފަޅު ރަށަކަށް ދިޔަ ބަޔަކު ގެއްލިގެން ސަލާމަތީ ބާރުތަކުން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފް މައުލޫމާތުދޭ ގޮތުގައި، ގެއްލުނީ ގދ. މާވަރުލު އާއި އެއަތޮޅު ގައްދޫއާ ދެމެދު އޮތް ފަޅުރަށަކަށް ޑިންގީއެއްގައި މިއަދު ހެނދުނު ދިޔަ ދެ ދިވެހިންނެވެ. އަދި އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން ކުރަމުން އަންނަ ކަމަށް މައުލޫމާތު ދެއެވެ.

އެކަމުގެ މައުލޫމާތު ލިބުނީ ހޮނިހިރު ދުވަހުގެ ރޭ 22:03 ހާއިރު ކަމަށް ވެސް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ގެއްލިގެން ހޯދަމުންދާ ދެ މީހުންނަކީ ގދ. ގައްދޫ، ޗިޗަންޑާގޭ އުމުރުން 79 އަހަރުގެ އަބްދުއްރަހީމާއި އެރަށު ޗަނބޭލީގޭ އުމުރުން 25 އަހަރުގެ ހަސަން މަޖުދީއެވެ.

ދެ މީހުން ގެއްލުން ސަރަހައްދު

ވީނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެމީހުން ދިޔަކަމަށްވަނީ ގައްދޫ ކައިރީ އޮންނަ ފަޅުރަށެއް ކަމަށްވާ ހޮނޑާނަފުއްޓަށް ކަމަށެވެ.