ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 5 ގައުމަކުން ކޮރޯނާވައިރަހުގެ އައު އަދި ނުރައްކާ ވޭރިއެނޓް "އޮމިކްރޮން" ފެނިއްޖެ އެވެ.
މި ވޭރިއެންޓ ފުނުނު ގައުމުތަކުގެ ތެރޭގައި ހިމެނެނީ ސްވިޒަލޭންޑް، އިޓަލީވިލާތް، ކެނަޑާ، ނެދަލޭންޑްސް އަދި ޖަރުމަނުވިލާތެވެ. މި ގައުމުތަކުގެ އިތުރުން އިނގިރޭސިވިލާތުންވެސް މި ވޭރިއެންޓް ފެނިފައިވެއެވެ.
ޔޫރަޕާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަރުކާރުތަކުން ދެކުނު އެފްރިކާގެ ސަރަހައްދަށް އަމާޒުކޮށް ދަތުރުފަތުރުކުރުން މަނާކޮށްފައި އޮތް އޮތުން އިޢުލާން ކުރުމާ ގުޅިގެން، އެފްރިކާ ބައްރުން ފެނުނު، ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް ދިރާސާ ކުރުމަށް ސައިންސްވެރިން ވަނީ އަވަސްވެގެންފައެވެ.
ބޮޓްސްވާނާއިން އެންމެ ފުރަތަމަ ފެނުނު ކޮރޯނާވައިރަހުގެ މި ވޭރިއަންޓް، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީވިލާތް އަދި ބެލްޖިއަމްއިން ވެސް ފެނުމުން މުޅި ޔޫރަޕް ވަނީ ހައި އެލާޓަށް އައިސްފައެވެ. އެހެންކަމުން ޗެކް ރިޕަބްލިކް، އޮސްޓްރިއާ، އިޒްރޭލް އަދި ނެދަލޭންޑްސް ފަދަ ގައުމުތަކުންވެސް އަންނަނީ މި ވޭރިއަންޓްގެ ޝައްކު ކުރެވޭ ކޭސްތައް ތަހުގީގު ކުރަމުންނެވެ.
އޮމިކްރޮންގެ ސަބަބުން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދެކުނު އެފްރިކާގެ ހަތް ގައުމެއް ކަމަށްވާ ބޮޓްސްވާނާ، އެސްވަތީނީ، ލެސޯތޯ، މޮޒަމްބީކް، ނެމީބިއާ، ސައުތު އެފްރިކާ އަދި ޒިމްބާބްވޭއަށް ދަތުރުކުރުން މަނާކުރާއިރު އެމެރިކާ އާއި ދެކުނު ކޮރެއާއިން ވަނީ އެ ގައުމުތަކަށާއި މަލާވީއަށް އަމާޒުކޮށް ދަތުރުފަތުރުކުރުން މަނާކޮށްފަ އެވެ. އިނގިރޭސިވިލާތުން ވެސް ވަނީ އެ 8 ގައުމަށް ދަތުރުފަތުރުކުރުން މަނާކޮށްފައެވެ.
މި ވޭރިއަންޓާއި ގުޅިގެން ދިވެހިރާއްޖޭން ވެސް ވަނީ ރައްކާތެރިވުމުގެ އަވަސްފިޔަވަޅުތައް އަޅާފައެވެ. އެގޮތުން، ދެކުނު އެފްރިކާ، އަދި އެ ސަރަހައްދުގެ ހަތް ގައުމަކުން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފައި ވެއެވެ.
އެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ދެކުނު އެފްރިކާ، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓިނީއެވެ.
ކުރިއަށް އޮތީ އަނެއްކާވެސް ރޯދަމަހެއް. މިހާލެއްގަ ތެޅިތެޅި ތިއްބާ ތިންވަނަ ރޯދަމަހާ މި ކުރިމަތިލާން ޖެހެނީ. ސަރުކާރުން މިކަމަށް ވަރަށް ވިސްނާފަ ފިޔަވަޅުތައް އަޅުއްވާދެއްވުން ވަރަށް އެދެން. ކޮރޯނާ ވެސް މިއީ ބޮޑު ވިޔަފާރި ނަފާގަނޑަކަށް ބައެއްމީހުން އެބަހަދާ.
މި ވައިރަސް ފެނުނު ގައުމުރަކުންވެސް މީހުން އައުން މަނާކުރުން މުހިންމެއްނޫންތަ.