"އިންޑިއާ އައުޓް" ކެމްޕެއިނަކީ ރާއްޖޭގެ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށް ދޭހަވާ މޭރުމަކުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވާހަކަދައްކަވައިފިއެވެ.
ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުންތަކުގައި ޤައުމީ ސަލާމަތާއި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ފަދަ ކަމެއް ހިމެނޭތޯ ބަލައިދިނުމަށް އެދި މަޑުއްވަރީ ދާއިރާގެ މެންބަރު ޢާދަމް ޝަރީފު ހުށަހަޅުއްވި މައްސަލަ، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން އަސްލަމް ވިދާޅުވީ، އިދިކޮޅުން އިންޑިއާއި ގުޅުވައިގެން ދޮގު މައުލޫމާތު ފަތުރައިގެން އުފައްދަމުން ދަނީ ފިތުނައެއް ކަމަށާއި އޭއީ ރާއްޖޭގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ.
މި ރިޕޯޓު މިއަދު ބޭއްވި ޖަލްސާގައި ފާސްކޮށްފައި ވާއިރު، ރިޕޯޓު ފާސްކޮށްފައި ވަނީ 53 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ.
މި ރިޕޯޓަށް ބަހުސްކުރެއްވި އިދިކޮޅު ޕީޕީއެމް، ޕީއެންސީއަށް ނިސްބަތްވާ މެންބަރުން، އެއްބަސްވުންތައް ނުފެންނަކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެން، ރައްދުގައި ވާހަކަދައްކަވަމުން، މެންބަރު އަސްލަމް ވިދާޅުވީ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެދިވަޑައިގެންނެވީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ނެތްކަން ކަށަވަރުކުރުމުގެ ބޭނުމުގައި އިތުރު ތިލަފަޅުގެ އެއްބަސްވުން ބެއްލެވުމަށްކަމަށެވެ. ނަމަވެސް ދިވެހި ދަޢުލަތުން އުތުރު ތިލަފަޅު ތަރައްޤީ ކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ޑޯނިއާ އާއި ގުޅިގެން އޮތީ އެމްއޯޔޫއަކާއި ލެޓަރއޮފް އެކްސްޗޭންޖެއް ކަމަށާއި، އެއްބަސްވުމެއް އޮތް ނަމަ އޮތީ 2016 ވަނަ އަހަރު އެކުލަވާނެވުނު ޑިފެންސް ކޯޕަރޭޝަންގެ ދަށުން ކަމަށެވެ. ނަމަވެސް ސަލާމާތީ ޚިދުމަތްތަކާއި ބޭހޭ ކޮމިޓީން އާދަމް ޝަރީފްގެ ހުށައެޅުމަށް ބަލައި ފަހުމުވި ގޮތަށް އެއާއި ގުޅުންހުރި އެއްބަސްވުންތައް އެ ކޮމިޓީއަށް ގެނެސް ބަލަން ފުރުސަތުދީފައިވަނީ ހުށައެޅުނު ކަމުގެ ބާވަތުން އެއީ ކޮމިޓީން ކުރަންޖެހޭ ކަމަކަށްވާތީކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ދަޢުލަތައް ގިނަ ޚިދުމަތްތަކެއް ކުރައްވައި ޑިފެންސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ މެންބަރު ޢާދަމް ޝަރީފްފަދަ ބޭފުޅަކު ކަމުގެ ހަގީގަތް އޮޅޭގޮތަށް ވާހަކަދައްކަވާތީ ކަންބޮޑުވާކަމަށާއި، އެއްބަސްވުންތަކެއްގައި ނުރައްކާކަންތައްތަކެއް ހިމެނޭކަމަށްބުނެ އަވައްޓެރި އިންޑިއާ އާއި ގުޅުވައިގެން އިދިކޮޅު ފަރާތަކުން ހިންގަމުންދާ އަމަލުތަކާއި މެދު ކަންބޮޑުވާ ކަމަށެވެ.
ކަލޭމެން މިނިވަންކަމޭ ކިޔައިގެން ވާހަކަ ދައްކާތީވެ މަ ލަދުވެސް ގަނޭ.
ކަލޭމެން ރާއްޖަޭގެ މިނިވަންކަން އިންޑިއާ އާއި ހަވާލުކޮއްގެން އުޅެންޏާ ދެއްކޭނީ މުޅިންވެސް ތިކަހަލަ ވާހަކަ. ހެދިފައޮތް ގޯހެއް ރަނގަޅު ކަމަކައް ހަދަން އުޅެންޏާވެސް ދެއްކޭނީ ހަމަ ތިކަހަލަ ވާހަކަ.
މިކަމުގަ އަގު މިކަން ކުރިބަޔަކު ދައްކަން ޖެހޭނެ. އަހަރެމެން މިކަން ކޮށްދޭނީ ވޯޓުން.
ކުރިން ބުނި މިތާކު މިލިޓަރީ މީހުން ނެތޭވެސް. މިހާރު އެބަބުނޭ އެހާ ގިނައިންނެއް ނެތޭ. ދެން ބުނެފި ހަތިޔާރާ އެކީގަ ނެތޭ. ގައުމު ވިއްކާލާ ނިންމާފަ މިވެރިން ބަޗާނެކަން ކަށަވަރު. ރައްޔިތުން ވިސްނަވާ
ވިކިފަ ތިބި މީހުނަށް މިކަމުގެ ބުރު ވަރަށް ބޮޑުވާނެ.