ދިރާގުން"'އިޔަރ އެނޑް ބޯނަސް" ޕްރޮމޯޝަންގެ ނަމުގައި ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑް، ދިރާގު ޓީވީ އަދި މޮބައިލް އޮފަރތަކެއް ލޯންޗުކޮށްފިއެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ފައިބަރ ކޭބަލް އެއް އަޅާފައިވާ ބިލްޑިންގ ތަކުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ރައުޓަރ އިން 50 އިންސައްތަ ޑިސްކައުންޓްވެސް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، ދިރާގު ފައިބަރ ކޭބަލެއް ނެތް ބިލްޑިންގ ތަކުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ދަށުން 50 އިންސައްތަ ޑިސްކައުންޓް ކަނެކްޝަން ފީ އިން ލިބިގެންދާނެއެވެ.

އަދި ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް 31 ޑިސެމްބަރ 2021 ގެ ކުރިން ދިރާގު ޓީވީގެ ޚިދުމަތައް އެދިގެން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސްވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖް ނަންގަވާ ކަސްޓަމަރުންގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި ފަރާތަކަށް ސެމްސަންގްގެ އެންމެ ފަހުގެ ސްމާޓްފޯން، ޒީ ފޯލްޑް 3 ލިބިގެންދާއިރު ސްޓާރޓަރ ޕެކޭޖުން މަތި ކޮންމެ ޕެކޭޖެއް ނަންގަވާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި 10 ފަރާތަކަށްއެ ކަސްޓަމަރުގެ ޕެކޭޖުގެ 6 މަސް ދުވަހުގެ މަހުފީ މުޅިން ހިލޭ ލިބިގެންދާނެއެވެ.

ދިރާގު މޮބައިލް ކަސްޓަމަރުންނަން ލޯންޗު ކުރި ޕޮރޮމޯޝަންގެ ތެރޭގައި 500ރ. އަށް ވުރެއް މަތީގެ ދިރާގު ޕޯސްޓްޕެއިޑްއެއް ނުވަތަ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭން އަކަށް އެޕްލައިކޮށްލައިގެން 3 މަސްދުވަހަށް ކޮންމެ މަހަކު 3ޖީބީ ލިބެގެންދާނެއެވެ.

އަދި، 500ރ. ދަށުގެ ޕްލޭންނެއް އެކްޓިވޭޓް ކުރައްވައިގެން 3 މަސްދުވަހަށް ކޮންމެ މަހަކު 1ޖީބީ ލިބެގެންދާއިރު މިއީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއަކަށް ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ނެޓްވާރކް އާއި ގުޅާލުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުނެއެވެ.