މިވަގުތު އަރައިފޭބުން މަނާކޮށް، މޮނިޓަރިންގެ ހާލަތުގައި އޮތީ 15 ރަށެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެގޮތުން އަރައިފޭބުން މަނާކޮށްފައިވާ ރަށްތަކުގެ ތެރޭ އައްޑޫ ސިޓީގެ 4 ރަށެއް ހިމެނެއެވެ. އެއީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫއެވެ. މީގެއިތުރުން، ބ. ދަރަވަންދޫއާއި، އދ، މަހިބަދޫ އަދި މ. އަތޮޅުގެ 3 ރަށް ކަމަށްވާ މުލައް، ދިއްގަރު، މުލިއަށް ވެސް ވަނީ އަރައިފޭބުން މަނާކޮށްފައެވެ.

މޮނިޓަރިންގެ ހާލަތުގައި އޮތް އެހެން ރަށްތަކަށް ބަލާއިރު، ނ. މިލަދޫ، ،ވެލިދޫ، ރ. މަޑުއްވަރީ، ރ. އިންނަމާދޫ، ށ. ކޮމަންޑޫ، ބ. ދަރަވަންދޫ އަދި އދ. މަހިބަދޫ ހިމެނެއެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 91،650 އަށް އަރާފައިވާ އިރު، މީގެތެރެއިން 89،774 މީހަކު ބަލިން ފަސޭހަވެފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 1،613 އަށް އަރާފައެވެ.

ރާއްޖޭން މިހާތަނަށް 250 މީހަކު މިބަލީގައި ނިޔާވެފައެވެ.