އަންގާރަ ދުވަހު ޖަލުން މިނިވަންވެޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ހުކުރު ދުވަހުގެ ރޭ ބާއްވާނެކަން އިދިކޮޅު ކޯލިޝަނުން އިޢުލާންކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، މި ޖަލްސާ އޮންނާނީ ހުކުރު ދުވަހުގެ ރޭ 08:30ގައި އަލިމަސް ކާނިވަލުގައި ކަމަށެވެ.
"މަރުހަބާ ރައީސް ޔާމިން"ގެ ނަމުގައި ބާއްވާ މި ޖަލްސާގައި ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ވާހަކަފުޅުދައްކަވާނެ ކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.
ޝުޖާޢު ވިިދާޅުވީ މި ޖަލްސާ ބޭއްވުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ ދީފައި ކަމަށެވެ. މި ޖަލްސާއަށް އަތޮޅު ތެރޭން ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ދައުވަތު އަރުވާފައެވެ.
ކުރީގެ ރައީސް ޔާމިނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމް ބާތިލުކޮށް އެ މަނިކުފާނު މިނިވަންކުރުމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމްކޮށްފައި ވެއެވެ.
ސްޕްރީމް ކޯޓްގައި ކުރިއަށް ދިޔަ އިސްތިއުނާފީ ހުކުމް އިއްވުމުގެ މަޖިލީހުގައި ފުރަތަމަ ރަޢުޔު އިއްވާފައި ވަނީ ފަނޑިޔާރު މަހާޒް އެވެ. ފަޑިޔާރު ވަނީ އިސްތިއުނާފީ 22 ނުކުތާގެ ތެރެއިން 13 ނުކުތާއަކަށް ރައުޔު އިއްވާފައެވެ. އެ ރައުއު އަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ވެސް ތާއީދު ކުރެއްވިއެވެ.
ތިވާނެ ސަޅި ޖަލްސާއަަކަށް އަދި އެތަށް ވާހަކަ ތަކެއް އަޑުއިވިގެންދާނެ ޖަލްސާއަކަށް. މަދާނަން އިރާދަކުރެއްވިއްޔާ. އަދި މިރަށުން ދާމީޙުނެއްވެސް މަދެއްނުވާނެ. ތިތަން ފުރާލާނަން އިރާދަ ކުރެއްވިއްޔާ
ކަލޯގެޔާ ތިމަންޒަރު ވަރަށް ސަޅިވާނެ. މަބުނާނީ ތިވާހަކަ އަޑު އިވޭއިރަށް މި ސަރުކާރުގެ ބޭފުޅުން ހީކަރުވައިގަނެގެން މިހާރު އެގޮތް މިގޮތުން ތި ހުއްޓުވޭނެ ގޮތެއް ވޭތޯ އެތައް ކަމެއްކުރާނޭ.
މަގޭ ބިރު އަދިވެސް އޮތީ މިވެރިކަމަށް ތިކަން ކުރުމުގެ ހުއްދަދީގެން ހަޖަމު ކޮށްލައިގެން ތިބެވޭނެ ބާއޭ. އިއްޔެގަ ރ ޔާމީން ދޫކޮށްލިތާ ކުޑައިރުކޮޅެއް ތެރޭގަ ފެނުނު މަންޒަރުން ގަތް ބިރަކުން އަވަހަށް ކޯޓުން ހުކުމް ނެރެ ނުފުރޭ ގޮތް ހަދަން ކެއްނުލަވާ ތިބި ބަޔަކު ތިވަރުގެ ޖަލްސާއެއް ބާއްވާ ރައްޔިތުން ރ ޔާމީނަށް ތާއީދު އޮތް މިންވަރު ފެނިގެންދާނެ ޖަލްސާއަކަށް ފުރުސަތު ދޭންކެރެނެ ކަމަކަށް މަގޭމި ކުޑަ ސިކުޑިއަކަށް ނުވިސްނޭ.