ރާއްޖެއަށް އެތެރެކޮށް ބޭނުންކުރަމުން އަންނަ އައިވީ ޕްރޮޑަކްޓެއް ކަމަށްވާ އާރުއެލް ބޭނުންކުރުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ މި އައިވީގައި ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާތީ މިއައިވީ ޕްރޮޑަކްޓް ރާއްޖެ އެތެރެކުރުމާއި ވިއްކުން އަދި ބޭނުންކުރުމަކީ މަނާކަމެއް ކަމަށެވެ.

މީގެއިތުރުން މައްސަލަ ދިމާވެފައިވާ އައިވީއަކީ އެ އޮތޯރިޓީން ހުއްދަދީފައިވާ އައިވީއެއް ނޫންކަމަށާއި އެޕްރޮޑަކްޓު އެއްވެސް ފާމަސީއެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނަކުން ފެނިއްޖެނަމަ އެ އޮތޯރިޓީގެ ހޮޓްލައިން 7200321 އަށް އެންގުމަށް އެއޮތޯރިޓީން ވަނީ އެދިފައެވެ.

އަދި މައްސަލަ ދިމާވެފައިވާ އައިވީއަކީ އެމްއެފްޑީއޭއިން ހުއްދަދީފައިވާ އައިވީއެއް ނޫން ކަމަށްވެއެވެ. އެހެންކަމުން މި ޕްރޮޑަކްޓް އެއްވެސް ފާމަސީއެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރިނަމަ އެކަން ރިޕޯޓު ކުރުމަށް އެމްއެފްޑީއޭއިން އެދެއެވެ.