ދިވެހި މަސްވެރިކަމުގެ އެހާރާއި މިހާރަށް ނަޒަރު ހިންގާލާއިރު ފެންނަނީ ވަރަށްވެސް ހިތްހަމަ ޖެހޭފަދަ މަންޒަރު ތަކެވެ. މީގެކުރިން ހިތައްވެސް ނުގެނެވޭފަދަ ގޮތެއްގައި ދިވެހި މަސްވެރިކަން މިހާރު ދަނީ ތަރައްގީ ވަމުންނެވެ. އެއްގޮތަކުން ނޫނެވެ. ތަފާތު އެތައް ގޮތަކުންނެވެ.

މީގެ 41 އަހަރުކުރިން 1981 ގައި، މަސްވެރިނގެ ދުވަސް، ކަނޑައެޅުނީ، ދިވެހި މަސްވެރިންގެ ހައްގުތަކާއި ކުރިއެރުމަށްޓަކައި، ބޮޑުހަނގުރާމައިގެ ތެރޭގައި 10 ޑިސެންބަރު 1942 ގައި ބޮޑު އިސްޓޯރު ހުޅުވުނު ދުވަހަށް ނިސްބަތްކޮށެވެ.

ދިވެހި މަސްވެރިކަމުގެ އެންމެ ކުރީގައި މަހަށްގޮސް އުޅުނީ ފަން ރިޔަލުގައެވެ. ދުނިޔެ ތަރައްގީ ވަމުން އައިގޮތުން ފަންރިޔާ ބަދަލުވެގެންދިޔައީ ފޮތި ރިޔަލަށެވެ. ފޮތި ރިޔަލުގައިވެސް ދިވެހި މަސްވެރިން އެމަސައްކަތްކުރީ ވަރަށްވެސް އެދެވޭ ގޮތެއް ގައެވެ. އެންމެފަހުން އެފޮތި ރިޔަލުގެ މަސްވެރިކަން ބަދަލުވެގެން އާއި އިންޖީނު ދޯނިގެ މަސްވެރިކަމަށެވެ. އެއީ ސަރުކާރުން މަސްއޮޑިތަކަށް އިންޖީނު ފޯރުކޮށްދިނުމާއި ގުޅިގެންނެވެ.

އިންޖީނަކީ ދިވެހި މަސްވެރިން މީގެކުރިން ޚިޔާލަށްވެސް ނުގެންނަ ކަމެކެވެ. ފޮތި ރިޔަލުގައި މަހަށް ފުރިއިރު ފަލިޖެހުމާއި ރިޔާ ބަދަލު ކުރުމުން ލިބޭ ވަރު ބަލިކަމާއި ހާސްކަން ފިލައިގެން ދިޔައި އިންޖީ ދޯނި ލިބުނުންއެވެ. މިހާރު އިންޖީނު ދޯނިތައް މިވަނީ އާންމުގެ ތެރޭގައި ވަރަށް އާންމުވެފައެވެ. ދިވެހި މަސްވެރިކަންކުރުމުގައި އެހާބޮޑު އުދަގޫތަކެއް އުފުލާކަށް ނުޖެހެއެވެ. މީގެކުރިން މަސްވެރިން މަސް އުޅޭ ހިސާބަށް ނުދެވިގެން އިރުއޮއްސެންހެދީމާ ލޮލުން ކަރުނަ އަޅަމުން ރަށަށް އަންނަ އައުންވަނީ ބަދަލުވެފައެވެ. މީގެކުރިއާ ޚިލާފަށް މިހާރު ދިވެހި މަސްވެރީން މަސް އައިން ފެނުމާއެކު، އުފަލުން ހެމުން އިންޖީނު ފުލްކޮށްލާފައި މަސްއުޅޭ ހިސާބަށް ގޮސް މަސްބާނައިގެން ލަފަނީ އުފާވެރި މޫނުތަކަކާއި އެކުގައި ކަން ހަމަ ޔަގީންއެވެ.

އިންޖީނު ދޯނިފަހަރާއެކު ދިވެހި މަސް ވެރިކަމުގެ ރިޔަލު ދޯނިފަހަރުގެ މަސްވެރިކަން ފަޅުވަމުން ދިއުމަކީ، ވަރަށްވެސް ހިތާމަވެރި ކަމެކެވެ. މީގެކުރީން މަސްވެރިކަން ކޮށްއުޅުނު ގޮތް ހަދާންނެތިކޮށްލާފައި،ތިބުމަކީ" ކުއްޅަވައް ފަލު ރަނިންނަށް" ވީފަދަ ގޮތެކެވެ. މިހާރު ދިވެހި މަސްވެރިން ބުނެލާ ކަހަލައެވެ. "ދެން ރިޔަލުގައި މަހަށް ފުރުވާ ކަށެއް އެންމެ ފަހަރަކު ވިއަސް ނުކެރޭނެޔޭ"

މީގެކުރީން ދިވެހިންދުށް އޮއިވާލި މަސްވެރިކަންވެސް ވަނީ ތަރައްގީވެފައެވެ. ވަރަށްވެސް އެދެވޭ ގޮތެއްގައެވެ. ސަރުކާރުން ރާއްޖޭގެ ކަނޑުތަކުގައި ގާއިމްކުރި ކަނދުފަތިތަކުގެ ސަބަބުންނެވެ. މާދުރަށްނުގޮސް މިކަދުފަތި ކައިރިން މަސްބާނައެވެ. މިކަދުފައްޗާއި މަސް އަވަލަނީ، ގާތްގަޑަކަށް ތިން ހަފުތާގެ ތެރޭގައެވެ.

ދިވެހި މަސް ކެޔޮޅުންނަށް ތަމްރީނު ދިނުމުގެ ކޯސްތަކެއްވެސް މިހާރު ދަނީ ހިންގަމުންނެވެ. މި ކޯސްތަކުގެ ސަބަބުން ކެޔޮޅުންގެ މައުލޫމާތު އިތުރުވެ ބުޅި ކަންވާރުލުމުގެ އައު ގޮތް ދަސްވެއެވެ. އަދި ބޭރުގެ އެކި ގައުމުތަކުގައި މަސްވެރިކަން ކޮށް އުޅޭގޮތް ފެނެއެވެ. މި ކަންތައްތައް ކުރިއަށްގެންދަނީ ސަރުކާރުން ކަމާބެހޭ މާހިރުން ގެނެސްގެންނެވެ. މިކަންކަމަކީ މީގެކުރން ހިނގިކަން ކަމެއް ނޫނެވެ. މުޅިން އަލަށް ކުރާ ކަންތަކެވެ. ދުނިޔެ ތަރައްގީ ވެގެން ދިޔަދިޔަހެންނެވެ.

މަސްވެރިކަމަކީ ދިވެހީންގެ ލެއާއި ގުޅިފައިވާ ކަމެކެވެ. އަދި ގިނަދުވަސްވީ އިގުތިސާދީ “ލޭނާރު" ކަމުގައިވީ ދިވެހިވަންތަ މައިގަނޑު މަސައްކަތްވެސް މެއެވެ.