ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީގެ ފިރިކަލުން އިބްރާހިމް ޒާހިރް ނިިޔާވެއްޖެއެވެ.
އިބްރާހިމް ޒާހިރް ނިޔާވެފައި ވަނީ މިއަދު މެންދުރު ފަހު 2:00 ހާއިރު އިންޑިއާގެ ކޮޗިންގައެވެ.
މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ އާއި ޒާހިރުގެ ކައިވެންޏަށް ދެ ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. އޭގެ ތެެރެއިން އެއް ބޭފުޅަކީ އުރީދޫގެ އެސިސްޓެންޓް މެނޭޖަރު، ޕަބްލިކް ރިލޭޝަންސް ނޫރާ ޒާހިރެވެ. އަދި އިބްރާހިމް ޒާހިރަކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޒުހައިރްގެ ބޭބެއެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އާއިލާގެ ބޭފުޅަކު ވިދާޅުވީ އިބްރާހިމް ޒާހިރު ފުއްޕާމޭގެ ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދުވަސްތަކެއްވެފައިވާ ކަމަށެވެ.
އަދި މިބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ކޮވިޑް ބައްޔަށް ފައްސިވެ ވަޑައިގެންނެވި ކަމަށްވެސް ބުންޏެވެ. އެނގިފައިވާގޮތުން ކޮވިޑް ބައްޔަށް ފައްސިވިތާ 14 ވަރަކަށް ދުވަސް ފަހުން އޭނާގެ ހާލުކޮޅު ސީރިއަސްވާން ފެށި ކަމަށް އާއިލާއިން މައުލޫމާތުދެއެވެ.
ޒާހިރަކީ ވިލާގެ ބާނީ ގާސިމް އިބްރާހިމްގެ އަރިއަހުގައި އެންމެ ގިނަދުވަސްވީ މަސައްކަތްތެރީންގެ ތެރޭގައި ހިމެނިވަޑައިންނަވާ ބޭފުޅެކެވެ.