ވިލާ ގުރޫޕުގެ ވިލާ ފިއުލްއިން ފިއުޝަން ބެޓެރީ މިއަދު ތައާރަފް ކޮށްފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބޭއްވި ހަފްލާއެއްގައި ފިއުޝަން ބެޓެރީ ތައާރަފްކޮށް ދެއްވީ ވިލާ ފިއުލްގެ ސޭލްސް މެނޭޖަރ ބާސިލް ނަފީސްއެވެ.

ހަފްލާއަށްފަހު ވީނިއުސްއާ ވަހަކަ ދައްކަމުން ބާސިލް ނަފީސް ވިދާޅުވީ، މިއަދު ތައާރާފްކުރި މިބެޓެރީގެ ހިމެނެނީ ހަތަރު ސައިޒެއް ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ 100 އެމްޕެއަރާއި، 120 އެމްޕެއަރާއި، 150 އަމްޕެއަރާއި އަދި 200 އަމްޕެއަރް ބެޓެރީއެވެ.

ބާސިލް ވިދާޅުވީ ކުރިޔަށް އޮތްތަނުގައި އެއްގަމު އުޅަނދުތަކަށްވެސް ޚާއްސަ ކުދި ބެޓެރީ ތައާރަފް ކުރާނެ ކަމަށެވެ. މި ބެޓެރީ މާލޭ، ހުޅުމާލެ އަދި ތިލަފުށިން ލިބެން ހުންނާނެ ކަމަށްވެސް ބާސިލް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ރަށްރަށުން މިއަދުން ފެށިގެން މިބެޓެރީ ލިބޭނެ މަގު އޭޖެންޓުން މެދުވެރިކޮށް ފަހިކޮށްދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ބާޒާރުން ލިބެންހުރި އެންމެ އަގުހެޔޮ އުފެއްދުން ކަމަށާއި، ވިލާ ހަކަތައަކީ މި އުފެއްދުމުގެ އޮފިޝަލް ޑިސްޓްރިބިއުޓަރ ކަމަށް ވިލާ ފިއުލްއިން ބުނެއެވެ.

ވިލާ ފިއުލްއަކީ މިއިވެންޓްގެ އޮފިޝަލް ތެެލުގެ ސްޕޮންސަރެވެ.

މިއަދުގެ ހަފްލާގައި ދުނިޔޭގެ މަޝްހޫރު އެއް އުފެއްދުން ކަމުގައިވާ "ޝެލް ލުބްރިކެންޓްސް" ވެސް ދައްކާލާފައި ވެއެވެ.

މި އުފެއްދުންތަކާ ގުޅޭ އިތުރު މައުލޫމާތު މިހާރު ކުރިއަށްދާ މެރިން އެކްސްޕޯގެ ސްޓޯލް ނަންބަރ s39 އަދި s40 ލިބެންހުންނާނެ ކަމަށް ވިލާ ފިއުލްއިން މައުލޫމާތު ދެއެވެ.

މިމަހުގެ 11 ވަނަ ދުވަހު ފެށި މެރިން އެކްސްޕޯ މިރޭ 10 ޖަހާއިރު ނިމޭއިރު، އެކްސްޕޯ ކުރިއަށްދަނީ ހުޅުމާލޭ ސެންޓަރަލް ޕާރކްގައެވެ.