ކުރިއަށް އޮތް ދިރާސީ އަހަރަށް ޗާޕުކުރާ އިސްލާމް އަދި ގުރުއާން ފޮތްތަކުން ގުރުއާންގެ އާޔަތްތައް އުނިކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައި ނުވާނެކަމަށް ބުނެފައިވަނިކޮށް އާޔަތްތައް އުނިކުރަން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވާފައިވާ ކަމަށްބުނާ ސިޓީއެއް އާންމުވެއްޖެއެވެ.
ދަރިވަރުންގެ އިސްލާމް އަދި ގުރުއާން ފޮތްތަކުގައި ހުރި އާޔަތްތައް އުނިކުރަން އުޅޭކަމުގެ ވާހަކަ ދެކެވެން ފެށުމުން މިނިސްޓްރީން ވަނީ އެފަދަ ނިންމުމެއް ނިންމާފައި ނުވާނެ ކަމަށްބުނެ އެ ވާހަކަތައް ދޮގުކޮށްފައެވެ.
މިނިސްޓްރީން ނިންމާފައިވަނީ ފޮތްތަކުން ފާހަގަކުރެވުނު ކުށްތައް އިސްލާހު ކުރުމަށްފަހު ފޮތްތަށް ޗާޕުކުރަން އެކަނި ކަމަށް އެޑިއުކޭޝަނުން ބުނެފައިވެއެވެ.
އެހެންނަމަވެސް، އެންމެ ފުރަތަމަ އާންމުންގެ ސަމާލުކަމަށް އެކަން ގެންނެވި ޖަމިއްޔަތުއް ސަލަފްގެ ރައީސް އަބްދުﷲ ބިން ޖަނާބް ވަނީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ސޮއިކޮށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޝަކީބަށް ފޮނުވި ކަމަށްބުނާ ސިޓީއެއް މިރޭ ޓްވިޓާގައި އާންމު ކުރައްވާފައެވެ.
އެ ސިޓީގައި ބުނެފައިވަނީ، ކަރިކިއުލަމް ރިވިޝަންގެ މަސައްކަތާއި ފޮތްތަކުން ފާހަގަކުރެވުނު މައްސަލަތައް އިސްލާހު ކުުރުމުގެ މަސައްކަތް ކުރައްވާއިރު ގުރޭޑް އަކުން 12 ގެ އިސްލާމާއި ގުރުއާން ފޮތްތަކުގައިވާ ގުރުއާނުގެ އާޔަތްތައް އުނިކުރައްވައި، އާޔަތް ލިޔުއްވުމުގެ ބަދަލުގައި ގުރުއާނުގެ އާޔަތުގެ ނަންބަރު ލިޔުއްވައި ޚަތިމަށް ރިފަރެންސް ދޭގޮތަށް ހަމަޖެއްސުމަށް އެދޭ ކަމަށެވެ.
އަންނަ ދިރާސީ އަހަރުގެ ފޮތްތައް ޗާޕުކުރުމަށް އެ މިނިސްޓްރީއަށް ފޮނުވާއިރު އެގޮތަށް ބަދަލުކޮށް ފޮނުވުމަށްވެސް ސިޓީގައި ބުނެފައިވެއެވެ.
މީސްމީޑިއާއަށް އެ ސިޓީ އާންމުވުމާ ގުޅިގެން އާންމުންގެ އިތުރުން ދީނީ އިލްމުވެރިންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެކަމާ ގުޅިގެން މިނިސްޓްރީން މިހާތަނަށް ވަކިއެއްޗެއް ބުނެފައި ނުވާއިރު، ސިޓީގެ ސައްހަ ކަމާމެދު އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ ގްރޫޕްގައި ނޫސްވެރިން ސުވާލު ކުރުމުންވެސް މިނިސްޓްރީން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
މިހާރު ޔަގީންވެ ކަށަވަރުމިވީ ސީދާ ބައެއްގެ ނުރައްކާތެރި ރޭވުމުން މީގެ އަޑީގަ އޮތީ ރާއްޖެއިން އިސްލާމްދީން ފުހެލާ އެހެންދީންތަކަށް މިތަނުގެ މީހުންގެ ލޯބިޖައްސާ މިގައުމުގަ މިއޮތް އިސްލާމީ ރިވެތި ނަމާ ކަންކަން ދުއްވާލުމެގެ ވިސްނުންކަން. ހަލާކު ހުރި.
ކޮންމެ ކަމެއް ފަޅާއެރުމުން ދެން އެކަން ދޮގުކޮށް އެތައް ސަކަރާތެއް މިޖަހަނީ ކޮންފަދަ ނުބައި ރޭވުންތައް ރޭވުމަށްފަހު. މި ސިޓީވެސް ލީކުނުވާހާ ހިނދު މިކަން ހަމަ ދޮގުކޮށް އެތައް ބަހަނާ ތަކެއް ދައްކައިފިއޭ. މިއީވާ ނުބައިކަން ބޮޑު ސުންޕާބައެއް ކަން ކަށަވަރު.
ސުބުޙާނަﷲ މިހާރު މުޅިން ސާފުވެއްޖެ މިމީހުންގެ އެޖެންޑާއަކީ ކޮބައިކަން. ކުރިން ކުރެވުނީ ޝައްކެއް މީހުން އެވާހަކަތައް ދައްކަންފެށީމަ. މިހާރު އެނގިހާމަވަމުން މިދަނީ މިއީ ދުރު ރޭވުމެއްގެ ތެރެއިން ދީނަށް އިހާނެތިކޮށްހިތާ ކުދިދަރީންގެ ހިތުން މަޑުމަޑުން ޤުރުއާނާއި ސުންނަތާ ދީނުގެ ކަންކަން ދުރައްގެންދަން ރޭވިފަވާ ބޮޑުވެގެންވާ ރޭވުމެއްކަން. އަޅެ ހެޔޮވާނީ ކިހިނެއް. މިވަރުވާއިރު އެއްމެން މިކަމާ ފުންކޮށްވިސްނަންވީ ވަގުތު މިއޮތީ އައިސްފަ