ސައިންސް ޓެކޮންލޮޖީ އިންޖިނިއަރިންގ އަދި މެތަމެޓިކްސް (ސްޓެމް) އެޑިއުކޭޝަން މުޅި ދުނިޔެއަށް އިންގިލާބީ ބަދަލުތައް ގެނެސްދީފިއެވެ.

މި ދާއިރާތަކަކީ ދުނިޔޭގެ މިސްރާބު މިހާރު އަމާޒު ކުރެވިފައިވާ ދިމާލަށް ދަތުރުކުރުމަށް އެންމެ މުހިއްމު ދާއިރާތަކެކެވެ. މިހާރުގެ ދަރިވަރުންނާއި ކުރިއަށް އަންނަން އޮތް ދަރިވަރުންގެ ޖީލުތަކަށް މުހިއްމު ހުނަރުތަކެކެވެ. މިހުނަރުތައް ކުދިންނަށް ފޯރުކޮށްދިނުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރަނީ މި ކަމަށް ހާއްސަ ތައުލީމީ މަރުކަޒުތަކާއި ސްކޫލްތައް އަދި ޓިއުޝަން ސެންޓަރުތަކެވެ.

މި ފަދަ ސެންޓަރުތަކުން ސްޓެރެޓެޖީ އާއި ހުނަރު އަދި އެކި ވަސީލަތްތަށް ބޭނުންކޮށްގެން ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް ކުދިންނަށް ދަސްކޮށްދެއެވެ.

އެގޮތުން ފާހަގަކޮށްލެވޭ ނަން މަޝްހޫރު އެއް ސެންޓަރަކީ ދުނިޔޭގެ އެންމެ މަގުބޫލް ކޯޑިން، ރޮބޮޓިކްސް އަދި އިންޖިނިއަރިން ޕްރޮގްރާމް ހިންގާ "ރޮބޯތިންކު"އެވެ. އުފާކުރަންޖެހޭ ކަމަކީ ރޮބޯތިންކުގެ ސެންޓަރުތައް ދުނިޔޭގެ 17 ގައުމެއްގައި ހުރި އިރު، ދިވެހިރާއްޖެ ވެސް އެ ގައުމުތަކުގެ ތެރޭގައި ހިމެނުމެވެ.

މި ސެންޓަރުތަކުގައި ޖުމުލަ 50،000 ދަރިވަރުން މިހާރު ވެސް ދަނީ ތައުލީމާއި ތަމްރީން ލިބިގަންނަމުންނެވެ. ދިވެހިރާއްޖޭގައި ރޮބޯތިންކުގެ ސެންޓަރެއް ހުޅުވާފައި ވަނީ 12 ޑިސެމްބަރު 2021ގައެވެ. "ނެކްސްޖެން އެޑިއުކޭޝަން" އިން ތައާރަފުކުރި މި ސެންޓަރުން ހިންގާ ޕްރޮގްރާމަކީ ކޯޑިން އާއި ރޮބޮޓިކްސް އަދި އިންޖިނިއަރިން ފަދަ ދާއިރާތަކުން ކުޑަކުދިންނަށް ކިޔަވައިދޭ ދުނިޔޭގެ އެންމެ ކާމިޔާބު ޕްރޮގްރާމެވެ.

މި ޕްރޮގްރާމުތައް ހިންގަނީ ސްޓެމްގައި ހިމެނޭ ދާއިރާތައް ކަމަށްވާ ސައިންސާއި ޓެކްނޮލޮޖީ އާއި އިންޖިނިއަރިން އާއި މެތަމެޓިކްސްގެ ޒަރިއްޔާއިން ކުދިން ކޯޑިން އާއި ރޮބޮޓިކްސް އަދި އިންޖިނިއަރިން ފަދަ ދާއިރާތަކަށް އަހުލުވެރިކޮށްދިނުމަށެވެ.

މަލަސް ޤުރްއާން ކުލާސް

މިއީ 21 ވަނަ ގަރުނުގެ ޓެކްނޮލޮޖީ އަށް ކުޑަކުދިން އަހުލުވެރި ކުރުވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް މެދުވެރިކޮށް، މާލޭގައި ހުޅުވާފައިވާ ރޮބޯތިންކުގެ ޑިސްކަވަރީ ސެންޓަރުގައި ނާސާގެ އިންޖިނިއަރުންނަށް ވުމަށާއި ވީޑީއޯ ގޭމް ތައްޔާރުކުރުމަށް ކޯޑިން އިން ކުދިން ތަމްރީން ކުރާނެއެވެ.

މި ޕްރޮގުރާމުތައް ހިންގުމަށް ބޭނުންކުރާ ސްޓެމް އެޑިއުކޭޝަނަކީ އެކި ގައުމުތަކުން ވަރަށް ބޮޑަށް އިންވެސްޓު ކުރާ ދާއިރާއެކެވެ. އެއީ ޓެކްނޮލޮޖީގެ ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް ކުޑައިރުން ފެށިގެން އެ ދާއިރާ އަށް އަހުލުވެރިކޮށް، ބޭނުންވާ ތައުލީމު ދިނުމުގެ ބޭނުމުގައެވެ. މާލޭގައި ތިބެގެން މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އުމުރުން ފަސް އަހަރުން މަތީގެ ކުދިންނަށެވެ.

ރޮބޯތިންކް ވެބްސައިޓު މެދުވެރިކޮށް ނުވަތަ 7310305 އަށް ގުޅައިގެން މި ޕްރޮގްރާމްގައި ރަޖިސްޓަރީ ވެވޭނެއެވެ. އެ ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލާފައިވަނީ މަދު ޖާގަތަކެކެވެ.

ސްޓެމް ދަސްކޮށްގެން ކުދިންނަށް ވަރަށް މުހިންމު ހުނަރުތައް ދަސްވެއެވެ. ސްޓެމްއިން އައު ކަންކަމާއި މެދު ވިސްނުމާއި އައު ޓެކްނޮލޮޖީ އުފެއްދުމަށް ބާރު އަޅައި ދެއެވެ. އަދި ކުދިންނަށް ކަންކަން އިތުރަށް އެކްސްޕްލޯކުރުމަށާއި އަމިއްލައަށް ތަޖުރިބާކުރުމަށް ކުރުމަށް މަގުފަހިކޮށްދެއެވެ.

މިގޮތަށް ކިޔަވައިދޭއިރު ގެންގުޅެނީ ޕްރޮޖެކްޓް-ބޭސްޑް ލަރނިންގކަމާއި، މީހުންނަށް ކުރިމަތިވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯދާނޭ ގޮތާއިމެދު ވިސްނުމަށް މީގެން ކިޔާދެވެއެވެ.

މި ލާރނިންގ އެޕްރޯޗްގައި، ދިރިއުޅުމުގައި ކުދިންނަށް ދިމާވެދާނެ ގޮންޖެހުންތަކާއި ކުރިމަތިލާން ދަސްކޮށްދެއެވެ. ސްޓެމް އެޑިއުކޭޝަން ބިނާވެފައިވަނީ ޓީމްވޯކް އަދި މުވާސަލާތު ކުރުމުގެ މައްޗަށެވެ.

ސްޓެމްއާއެކު ރޮބޯތިންކްގެ ޕްރޮގްރާމުތަކަކީ ކްރިޓިކަލް ތިންކިން އާއި ޕްރޮބްލަމް ސޯލްވިން އަދި ވަށައިގެންވާ މާހައުލުގައި ހިނގާ ކަންތައްތަކަށް ކުދިން ލޯހުޅުވައިދީ، މުސްތަގުބަލުގައި ބޭނުން ހިފޭނެ ހުނަރުތައް ދަސްވާނެ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމުތަކެކެވެ.

މިހާރުވެސް ޕްރޮގްރާމުތަކުގައި ބައިވެރިވުމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، ރޮބޯތިންކުން މާލޭގައި ކްލާސްތައް ކުރިއަށް ގެންދާނީ ފަސް ސެޝަނަކަށް ބަހާލައިގެންނެވެ.

ހެނދުނު 8ގައި ސެޝަންތައް ފަށާއިރު ކޮންމެ ސެޝަނެއްގައި ކްލާހަކު ތިބޭނީ އަށް ކުދިންނެވެ.