ވިމެން އިން މެނޭޖްމަންޓް (ވިމް)ގެ ރާއްޖޭގެ ގޮފި، ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމްއެމްވީ) އިން ދިވެހި އަންހެނުންނަށް ހާއްސަކޮށްގެން އިންތިޒާމުކުރާ "ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް 2021" ގެ ތިން އެވޯޑެއް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ މުވައްޒަފުން ހާސިލްކޮށްފިއެވެ.

ވިމް އަކީ އަންހެނުން ބާރުވެރި ކުރުވަން މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ ރާއްޖޭގެ ގޮފި ހުޅުވީ 2017 ސެޕްޓެމްބަރު މަހުގައެވެ.

ވިމް އިން އަންނަނީ ރާއްޖޭގައި އަންހެނުން ބާރުވެރި ކުރުވުމަށާއި އެކި ކަންކަމަށް އަހުލުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މިއީ ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑަ ވިމްއިން ބާއްވާ ހަތަރުވަނަ އަހަރެވެ.

ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑަކީ ރާއްޖޭގެ ޕްރޮފެޝަނަލް އަދި ވަޒީފާގެ ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ ކަނބަލުންގެ މަސައްކަތުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ. އަދި އެ އެވޯޑަކީ ގައުމަށާއި މުޖުތަމައަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ ޝުކުރުވެރިކަމުގެ އިނާމެކެވެ.

މިއަހަރުގެ އެވޯޑްގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ތިން ބޭފުޅަކަށް ވަނީ ގޯލްޑް ކެޓަގަރީއިން އެވޯޑް ލިބިވަޑިގެންފަވެއެވެ.

ޑރ.އާއިޝަތު ޝެހެނާޒް އާދަމް - ޑެޕިއުޓީ ވައިސް ޗާންސެލާ (ރިސަރާޗް އެންޑް އެންޓަރޕްރައިޒް)ލީޑާރޝިޕް އެކްސަލެންސް އިން ދް ޕީލްޑް އޮފް އެޑިއުކޭޝަން، ގޯލްޑް ކެޓަގަރީ - ޑރ. ޝީޒާ އަލީ - ސްކޫލް އޮފް މެޑިސިންގ (ޑީން)ކެރިއާ ރޯލް މޮޑެލް އޮފް ދަ އިޔާރ، ގޯލްޑް ކެޓަގަރީ - ޑރ. އައިޝާތު ޝަނޫރާ – (ފެކަލްޓީ އޮފް ހެލްތް ސައެންސަސް (ލެކްޗަރަރ)ލީޑާޝިޕް އެކްސެލެންސް އިންދަ ޕީލްޑް އޮފް މެންޓަލް ހެލްތް، ގޯލްޑް ކެޓަގަރީއެވެ.