ވިލިމާލެ ދެކުނު ފަރާތުން ކަނޑުމަތީގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 18:50 ހާއިރުއެވެ. އަދި މި އެކްސިޑެންޓުގައި ދެ ފިރިހެނަކަށް އަނިޔާވެފައިވެއެވެ.

އަދި މި އެކްސިޑެންޓުގައި އަނިޔާވި ދެމީހުންނަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް މިހާރު އައިޖީއެމްއެޗް އަށް ގެންގޮސްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގި ސަރަހައްދުގައި މިހާރު ފުލުުހުންގެ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މީގެއިތުރުން އެކްސިޑެންޓްގެ ސަބަބުން ޑިންގީ އަޑިއަށް ގޮސްފައިވާކަމަށާއި، އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތައް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.