މަޝްހޫރު ނެށުންތެރިޔާ، ކޮރިއޮގްރާފަރ އަދި ފެޝަން ޑިޒައިނަރ ޖާދުﷲ އިސްމާޢީލް އަކީ ފެންވަރު ރަނގަޅު ތަފާތު ވީޑިއޯ ލަވަތަކެއް އުފެއްދުމުގެ އިތުރުން އޭނަގެ ހިތްގައިމު އެކްޓާއި ނެށުންތަކުންވެސް ފާހަގަކޮށްލެވޭ ހުނަރުވެރި ފަންނާނެކެވެ. ޖާދުގެ ކޮންމެ ލަވައެއްވެސް ހިތްގައިމުވެފަ އެހާމެ ފުރިހަމައެވެ.

ފެޝަން ޑިޒައިނަރެއްގެ ގޮތުގައި ފުރަތަމަ އާންމުންގެ ތެރެއަށް މަޝްހޫރުވެގެން އައި ޖާދުﷲ އިސްމާޢިލް (ޖާދު) ފަހުން އަޅުގަނޑުމެންނަށް މުނިފޫހިފިލުވުމުގެ ދާއިރާއިންވެސް ފެންނަން ފެށިއެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާއިން ޖާދުގެ ޖާދޫގައި ގިނަ މީހުން ޖެއްސިއެވެ.

ފޮޓޯ: ޖާދުﷲ އިސްމާއިލް (ޖާދު)

ޖާދުގެ ޖާދޫގައި މިފަހަރު ބެލުންތެރިން ޖައްސާލީ ތުރުކީވިލާތުގެ ހިތްގައިމު މަންޒިލްތަކުންނެވެ.

ވޭރިއަސް ސްޓޫޑިއޯސްގެ ކުޑައިގެ ދަށުން ގެނެސްދޭ މި ލަވައިގެ ނަމަކީ "ތިޔަ ސޫރަ" އެވެ. ދިވެހިންގެ މެދުގައި ހޮލިޑޭ ޑެސްޓިނޭޝަން އެއްގެ ގެތުގައި މިހާރަކަށް އައިސް މަގްބޫލުވެފައިވާ ތުރުކީގެ ހިތްގައިމު ލޮކޭޝަން ތަކުގައި ޝޫޓް ކޮށްފައިވާ ޖާދުގެ ”ތިޔަ ސޫރަ“އިގެ ޖާދޫގައި ބެލުންތެރިން ޖެއްސުމަށް ޖާދު އާއި ޝަރާ މިހާރު ތިބީ ހަމަ ތައްޔާރުގައެވެ.

https://www.youtube.com/watch?v=6fT8IdkcOP0&ab_channel=ShEraEduMz

މި ލަވައާއި ގުޅޭގޮތުން ވީނިއުސްއަށް މައުލޫމާތު ދެމުން ޖާދު ބުނީ، ލަވަ އަކީ އޭނަ ޕްރޮޑިއުސްކުރާ ލަވައެއް ކަމަށެވެ. އަދި އަންހެން ބައިވެރިއެއްގެ ގޮތުގައި ޖާދުއާ އެކު ލަވައިން ފެނިގެން ދާނީ ބައިސްކޯފުން ގެނެސްދިން މަގުބޫލު ސީރީޒް "އެހެނަސް" އިން ވިދާލި ފާތުމަތު ޝަރާ ކަމަށެވެ.

ލަވަ ކިޔުންތެރިންނާއި ގުޅޭ ގޮތުން ޖާދު ބުނީ ލަވަ ކިޔައިދީފައި ވަނީ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ) އަދި ޢާއިޝަތު ޖޫނީ ޖިނާހު ކަމަށާއި އަދި މިލަވައަކީ ޖޫނީ ލޯބީގެ ލަވައެއް ކިޔާ ފުރަތަމަ ފަހަރު ކަމަށެވެ.

ޖާދު ބުނީ މިލަވަ ބަލާލަން ޖެހޭ ސަބަބުތައް ވަރަށް ގިނަކަމަށެވެ.

"އެންމެ ފުރަތަމަ ކަމަކަށް މިލަވައަކީ ޖޫނީގެ އަޑުން އިވޭނެ ފުރަތަމަ ލޯބީގެ ލަވަ. އަނެއް ކަމަކީ ޝަރާގެ ވެސް ފުރަތަމަ ވީޑިއޯ ލަވަ. ދެން އެންމެ ބޮޑު ސަބަބު، ފުރަތަމަ ފަހަރައަށް ވީޑިއޯ ލަވައެއްގަ އެހާ ގިނަ ކޮސްޓިއުމް ބަދަލުކުރާ ލަވައަށް މިލަވަ ވާނެ. އެހެން ވީމާ ޚާއްސަ އެހެންނޫންތޯ."
އެކްޓަރ ޕްރޮޑިއުސަރ ޖާދުﷲ އިސްމާޢީލް (ޖާދު)

ފޮޓޯ: ޖާދުﷲ އިސްމާއިލް (ޖާދު)

ޖާދު ބުނީ އައު އަހަރުގެ ފުރަތަމަ ދުވަހު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ މި ވީޑިއޯ ލަވައިގެ ޓްރެއިލާރ ރިލީޒްކުރިތާ ދެ ދުވަސްވެފާވާއިރު މިހާތަނަށް 18 ހާހަށްވުރެން ގިނަ ވިއުޒް ލިބިފައިވާ ކަމަށެވެ. ޖާދު އާއި ފާތިމަތު ޝަރާ ފެނިގެންދާނެ މި ލަވަ ޝޫޓްކޮށްފައިވަނީ ތުރުކީވިލާތުގެ ހިތްގައިމު ލޮކޭޝަންތަކުގައެވެ.

”ތިޔަ ސޫރަ“ ލަވައިން ތުރުކީގެ ހިތްގައިމު މަންޒަރުތައް ފެނިގެންދާއިރު، ޖާދު އާއި ޝަރާގެ ފެނިލުންތައްވެސް ވެގެންދާނީ އެހާމެ ހިތްގައިމު ފެނިލުންތަކަކަށް ކަން ދޫކޮށްލާފައިވާ ޓްރެއިލާރ އިން ފެނިގެންދެއެވެ.

ފޮޓޯ: ޖާދުﷲ އިސްމާއިލް (ޖާދު)

މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ) މީޑިއާއަކަށް ދިން އިންޓަރވިއުއެއްގައި ބުނީ ޖޫނީ އާއި އެކުގައި ލަވައެއް ކިޔައިލުން މިއީ އޭނާ ދެކެން ބޭނުންވި ދުވަހެއް ކަމަށާ މި ދުވަސް އައުމުން ވަރަށް އުފާވާ ކަމަށެވެ.

”ތިޔަ ސޫރަ“ ލަވައިގެ ޓެކްނިކަލް މަސައްކަތްތަކާއި ގުޅޭގޮތުން ޖާދު ބުނީ ލަވައިގެ ޅެމާއި ރާގު ހެދީ ތޭރަ ކަމަށާއި މިއުޒިކް ހެދީ ޙުސައިން ތަޢުފީގް ކަމަށެވެ. އަދި މިލަވައިގަ ކެމެރާގެ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ވިޝާލް އާމިރު (ވިއްޓެ) ކަމަށް ޖާދު ބުންޏެވެ.

ލަވައިގެ އެންމެ މުހިންމު ބައި، މޭކަޕްގެ މަސައްކަތްކޮށްދީފައިވަނީ ހަސަން އާދަމް (މޭކަޕް ހަސަން) ކަމަށްވެސް ޖާދު މައުލޫމާތު ދިނެވެ.

ޖާދު އަމިއްލައަށް ފަރުމާކޮށްފައިވާ ހިތްގައިމު ހެދުންތަކެއް ފެނިގެންދާ މިލަވައިގެ ކޮސްޓިއުމާއި ބެހޭގޮތުން ޖާދު ބުނީ، ކޮސްޓިއުމްގެ އަދަދަކީ ބެލުންތެރިންނަށް ޖާދު ދޭ ބޮޑު ސަރޕްރައިޒެއް ކަމަށެވެ.