އުރީދޫގެ މޫލީ ވެބްސައިޓުން އަހަރީ ބަންދާ ދިމާކޮށް "އިޔަރ އެންޑް ސޭލް 2021" ފަށައިފިއެވެ.

އުރީދޫން ބުނީ މޫލީގެ އަހަރު ނިމޭ ސޭލްގައި އެ ޕްލެޓްފޯމުން ވިއްކާ ތަކެތިން، 40 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށާއި، މި ސޭލް އަށް ހާއްސަ ސެކްޝަނެއް އުރީދޫ އެޕް އަދި މޫލީ ވެބްސައިޓްގައި މިހާރު ހިމަނާފައިވާނެ ކަމަށެވެ.

ސްމާޓް ފޯނާއި ޑިޖިޓަލް އެހެނިހެން ގެޖެޓްސް މޫލީ އިޔާ އެންޑް ސޭލުން ލިބޭއިރު، މި ސޭލް ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

މޫލީ އިޔަރ އެންޑް ސޭލުން ތަކެތި ގަތުމަށް:

1 އުރީދޫ އެޕް http://ore.do/app ނުވަތަ މޫލީ ވެބް http://ore.do/moolee މެދުވެރިކޮށް ޝޮޕަށް ޒިޔާރަތް ކުރައްވާ.

2 ބޭނުންވާ ޕްރޮޑަކްޓެއް ހިޔާރުކުރެއްވުމަށްފަހު ކާޓް އަށް އެޑް ކުރައްވާ. އެއަށްފަހު ކާޓްއަށް ގޮސް ޗެކްއައުޓް ކުރައްވާ.

3 ޑެލިވަރ ކުރަން ބޭނުންވާ އެޑްރެސް ޖައްސަވާ.

4 އޯޑަރ ކަށަވަރު ކުރެއްވުމަށް ޕޭމަންޓް ކޮންފަރމް ކުރައްވާ.

މޫލީގެ އަހަރު ނިމޭ ސޭލް އިން ތަކެތި ގަތުމަށް އުރީދޫ އެޕް ނުވަތަ މޫލީ ވެބް މެދުވެރިކޮށް ފިހާރައަށް ޒިޔާރަތްކުރެވޭނެއެވެ. އުރީދޫން ބުނީ މި ސޭލަށް ކޮންމެ ނެޓްވޯކަކުންވެސް ވަދެ. ހެޔޮ އަގުގައި ވިޔަފާރިކުރެވޭނެ ކަމަށެވެ. މޫލީ އިން މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް ދެއެވެ.