ވިލާ ކޮލެޖުގެ ސްކޮލަރޝިޕް ސްކީމް 2021 އަށް ހޮވުނު ދަރިވަރުންނަށް ސްކޮލަރޝިޕް ހަވާލުކޮށްފިއެވެ.
ސްކޮލަރޝިޕްތައް ދަރިވަރުންނާއި ހަވާލު ކުރެވުނީ އެކަމަށްޓަކައި ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ދަރިވަރުންނާއި ސްކޮލަރޝިޕް ހަވާލުކޮށް ދެއްވާފައިވަނީ ވިލާ ކޮލެޖުގެ ރެކްޓަރ، ޑރ. އަހްމަދު އަންވަރެވެ. އެގޮތުން ޑރ. އަންވަރު، ދަރިވަރުންނާއި ވަހަކަދަށްކަމުން ވިދާޅުވީ މިސްކޮލަރޝިޕްގެ ބޭނުން ހިފައި، ދަރިވަރުންގެ ތައުލީމީ ހަޔާތް އިތުރު ހަރުފަތަކަށް ގެންދިޔުމަށްޓަކައި ހިތްވަރާއި ހިންމަތާއެކު މަސައްކަތް ކުރުމަށް އިލްތިމާސްކުރެއްވިއެވެ.
2021 ވަނަ އަހަރު ވިލާ ކޮލެޖުގެ ފަރާތުން ވަނީ 4 ދާއިރާއަކުން ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލާފައެވެ. މި ދާއިރާތަކަކީ ވިލާ ކޮލެޖު ވިލާ އިންޓަރނޭޝަނަލް ހައިސްކޫލް ކެޓެގަރީ، ވިލާ ކޮލެޖު އޯޕަން ސްކޮލަރޝިޕް ކެޓެގަރީ، ވިލާ ކޮލެޖު އެލުމްނައި ސްކޮލަރޝިޕް ކެޓެގަރީ އަދި ވިލާ ކޮލެޖު ހެލްތް ޕްރޮފެޝަނަލްސް ސްކޮލަރޝިޕް ކެޓެގަރީއެވެ.
މި ދާއިރާތަކުން ޖުމްލަ 7 ދަރިވަރުން ވަނީ ސްކޮލަރޝިޕަށް ހޮވި، އެކަމުގެ ލިޔުން ވަނީ އެ ދަރިވަރުން އާއީ ހަވާލުކޮށްފައެވެ.
މި ސްކޮލަރޝިޕްތައް ލިބުނު ދަރިވަރުންތެރޭގައި ހިމެނެނީ
1 ވިލާ ކޮލެޖު / ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ކެޓެގަރީ:
ހުސައިން ނުވާސް (ބެޗެލަރ އޮފް އާރޓްސް (އޮނަރސް) ބިޒްނަސް މެނޭޖްމަންޓް އެންޑް އިކޮނޮމިކްސް)
2 ވިލާ ކޮލެޖު އޯޕަން ކެޓެގަރީ:
ޕޯސްޓްގްރެޖުއޭޓް
އައިޝަތު މަލްހާ (އެމް.އެސް.ސީ އެކައުންޓިންގ އެންޑް ފައިނޭންސް)
އަންޑަރގްރެޖުއޭޓް
މުހައްމަދު އައްފާން (ބެޗެލަރ އޮފް އާރޓްސް (އޮނަރސް) ބިޒްނަސް މެނޭޖްމަންޓް އެންޑް އިކޮނޮމިކްސް)
ފައުންޑޭޝަން
އައިޝަތު އިނާން ރަމްޒީ (ސެޓްފިކެޓް 4 އިން ނަރސިންގ)
3 ވިލާ ކޮލެޖު އެލުމްނައި ކެޓެގަރީ
ޕޯސްޓްގްރެޖުއޭޓް
ޢުޘްމާން ޝާޒް (އެލް.އެލް.އެމް (ކޮމަރޝަލް ލޯ)
4 ވިލާ ކޮލެޖު ހެލްތް ޕްރޮފެޝަނަލްސް ކެޓެގަރީ
ހައްވާ އަޒުފާ (އެމް.އެސް.ސީ ނަރސިންގ)
5 ސްކޮލަރޝިޕް ކޮމިޓީއިން ދެއްވާ ޚާއްސަ ސްކޮލަރޝިޕް
އައިޝަތު ރިޔާސާ (އެލް.އެލް.އެމް (ކޮމަރޝަލް ލޯ)
މި ސްކޮލަރޝިޕް ސްކީމަކީ ކޮންމެ އަހަރަކުވެސް ވިލާ ކޮލެޖުގެ ފަރާތުން ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުސަތުތައް ހުޅުވާލާ ސްކީމެކެވެ. އެގޮތުން މި ހިނގާ 2022 ވަނަ އަހަރުވެސް، މި ސްކީމްގެ ދަށުން ވަރަށް އަވަހަށް ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށް ވިލާ ކޮލެޖުން މައުލޫމާތު ދެއްވައެވެ.