މުޅިން އައު ވީޑިއޯ ލަވައެއް މާދަމާ ބެލުންތެރިންނަށް ފެނިގެންދާނެކަމުގެ އިޝާރާތެއް މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް ޝަލަބީ ވަނީ ބެލުންތެރިންނަށް ލަވައިގެ ޓީޒާރއެއް އޭނަގެ އިންސްޓާގްރާމްގައި ހިއްސާކޮށްފައެވެ.

ޝަލަބީގެ މިލަވަ އަކީ ޙުސައިން މުނައްވަަރު (ކިޑޫ)ގެ ’ކިޑް ޕްރޮޑަކްޝަން‘ އާއި ގުޅިގެން ބެލުންތެރިންނާއި ހަމައަށް ޝަލަބީ ގެލެސްދޭ ލަވައެކެވެ. ”ފަތްމިނި“ގެ ނަމުގައި ގެނެސްދޭ މި ހިތްގައިމު ލަވަ ރިލީޒްކުރަން ހަމަޖެހިފައިވަނީ މާދަމާއެވެ.

”ފަތްމިނި“ގެ ދޫކޮށްލާފައިވާ ޓްރެއިލަރ އިން ހިތްގައިމު މަންޒަރުތަކުން ދުވެލާފައިވާ ދާ އަންހެން ކުއްޖަކާއެކު ޝަލަބީ ފެނެއެވެ. އެހެންކަމުން ލަވައިގެ ވީޑިއޯގައި ފެނިގެންދާ އަންހެން ކުއްޖާއާ އެކު، އެކްޓްކޮށްފައިވަނީ ޝަލަބީކަމަށް ބެލެވެއެެވެ.

https://www.instagram.com/tv/CYTlGZvqIrA/?utm_medium=copy_link

މަޝްހޫރު ކޮމްޕޯސަރ އަދި ލަވަކިޔުންތެރިޔާ އިބްރާހީމް ޒައިދު ޢަލީ (ކުޑަ އިއްބެ)ގެ ޓޮނިކް ލައިވް ސްޓޫޑިއޯގައި ކުޑައިއްބެ ކޮމްޕޯޒްކޮށް އެރޭންޖްކޮށްފައިވާ ”ފަތްމިނި“ ލަވައިގެ ލިރިކްސް އާއި ސްޓޯރީ ތައްޔާރުކޮށްފައިވަނީ އޭ.ޑަބަލިޔޫއެވެ.

”ފަތްމިނި“ ލަވައިގެ ޑައިރެކްޝަން ހެދީ ހުސައިން މުނައްވަރުއެވެ. މޭކަޕް އަދި ކޮސްޓިއުމް ޑިޒައިންކުރީ ރިޝްފާއެވެ.

"ފަތްމިނި" ކިޔާ އެ ލަވައިގެ ޓީޒާއެއް އާންމުކޮށްފައި ވިޔަސް އެ ގެނެސްދީފައި އޮތީ ލަވައިގެ ކާސްޓުންނަކީ ކޮބައިކަން، ލަވަ ރިލީޒް ކުރުމާ ހަމައަށް "ސިއްރުކުރާ" ގޮތަށެވެ.

"ފަތްމިނި" ލަވަ އަކީ ހިތްގައިމު މަޑުމައިތިރި ލޯބީގެ ލަވައަކަށް ވާނެކަމަށް ބެލެވެއެވެ. ޓީޒާރއިން ފެންނަ ގޮތުގައި ލަވައިގެ މަންޒަރުތައް ވެސް ރީއްޗެވެ. ދެން އިންތިޒާރުކޮށްލަން ޖެހެނީ ލަވައިގެ ވީޑިއޯ އަށެވެ.