2021 ވަނަ އަހަރުގެ ޑިސެންބަރު މަހު މިރާއިން 2.03 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 95.0 އިންސައްތަ އިތުރު އަދަދެކެވެ. އަދި، ޑިސެންބަރު 2021 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 45.0 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި ޑިސެންބަރު 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޑިސެންބަރު 2021 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީ އިންކަމް ޓެކްސް، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުުންއެވެ.

މިގޮތުން، 2020 ނޮވެމަބަރު އާއި އަޅައިބާލާއިރު، ނޮވެމްބަރު 2021 ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ހަތަރު ގުނަ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ. މީގެ ސަބަބަކީ 2020 ވަނަ އަހަރު ކޮވިޑް-19 ގެ ސަބަބަުން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އަދަދު މަދުވްން ކަމަށް މިރާއިން މައުލޫމާތުދެއެވެ.

މީގެއިތުރުން، 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ޑިސެންބަރު 2020 ގައި ލިބުނު އާމްދަނީ އާ އާޅާބަލާއިރު ޑިސެންބަރު 2021 ގައި ލިބިފައިވާ އާމްދަނީީ އިތުރުވުމުގެ ސަބަބެކެވެ. އެ ފީ ޑިސެންބަރު 2020 ގައި ލިބިފައެއް ނުވާ ކަަމަށްވެސް މީރާއިން ބުނެއެވެ.

ޑިސެންބަރު 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ.

އެއީ 47.0 އިންސައްތަ ނުވަތަ 952.77 މިލިއަން ރުފިޔާއެވެ. އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓްއިންނެވެ. އެއީ 24.0 އިންސައްތަ ނުވަތަ 485.44 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 153.60 މިލިއަން ރުފިޔާ، 7.6 އިންސައްތަ ޓްކްސްގެ ގޮތުގައި 95.69 މިލައަންރުފިޔާ (4.7 އިންސައްތަ) ގްރީން ޓްކެސްގެ ގޮތުގައި 94.41 މިލިއަން ރުފިޔާ (4.7 އިންސަތަ)، އަދި އެހެނިއެން ޓުކުހާއި ފީގެ ގޮތުގައި 243.65 މިލިއަން ރުފިޔާ (12.0 އިންސައްތަ) ލިބިފައިވެއެވެ.

ޑިސެންބަރު 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 105.48 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.