ކޮވިޑް-19 ނުރައްކާ ބޮޑުވުމުގެ ސަބަބުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު އިތުރުވެއްޖެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދަށްކާގޮތުގައި މޮނިޓަރިންގައި މިހާރު އޮތީ 8 ރަށެވެ.

ކޮވިޑް-19 ގެ އެކްޓިވް ކޭސްތަކާއި ގުޅިގެން އެޗްޕީއޭގެ މޮނިޓަރިންއަށް ގެނެސް ބަންދުގައިވާ ރަށްތަކުގެ އަދަދު މިފަހަކުން ބޮޑުތަނުން ދަށްވިނަމަވެސް މިއަދަދު އަނެއްކާވެސް ވަނީ އިތުރުވާން ފަށާފައެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ލިސްޓުގައިވާގޮތުން މިހާރު އެންމެ ގިނަ ދުވަހު ބަންދު ކޮށްފައި އޮތް ރަށަކީ މިދިޔަ ޑިސެމްބަރު މަހު ބަންދުކޮށްފައިވާ ކ. ތުލުސްދޫއެވެ.

މީގެ އިތުރުން ޑިސެމްބަރު މަހު އެޗްޕީއޭއިން ވަނީ ފަސް ރަށެއް ބަންދުގެ ލިސްޓައް ލާފައެވެ. އެއީ ހދ. ނައިވާދޫ، ދ. ހުޅުދެލި، ކ. މާފުށި އަދި ހއ. އިހަވަންދޫއެވެ.

މި މަހުގެ މިހާތަނަށް އެޗްޕީއޭއިން ބަންދުކޮށްފައިވާ ރަށްތަކަކީ ހދ. ނެއްލައިދޫ، ލ. ފޮނަދޫ އަދި ހދ. ނޮޅިވަރަމްފަރެވެ.

ރާއްޖެއިން އިއްޔެ ކޮވިޑަށް 536 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. މި ބަލީގައި ރާއްޖެއިން 264 މީހުން ވަނީ މަރުވެފައެވެ.