ހާއްސަ އޮފަރތަކަކާއެކު ދިރާގު ހެލޯ ޕްރީޕެއިޑް ބިދޭސީނަަށް ތައާރަފްކޮށްފިއެވެ.

ދިރާގުން ބުނީ މިއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ޚާއްސަކޮށްގެން ތަޢާރަފްކުރި ޕްލޭނެއް ކަމަށެވެ. އަދި މި ޕްލޭން ޚާއްސަކޮށްފައިވަނީ ރާއްޖޭގައި ދިރިއުޅޭ އިންޑިއާ، ސްރީލަންކާ، ފިލިޕީންސް، ނޭޕާލް، ތައިލެންޑް އަދި ޗައިނާގެ ރައްޔިތުންނަށް ކަމަށެވެ.

މި ޕްލޭނަށް ސޮއިކުރާ ކަސްޓަމަރުންނަށް މުޅި އަހަރު ތެރޭގައި ހާއްސަ ކަންޓްރީ ބެނެފިޓްސް އާއި ސްޓޭންޑަޑް ޕްރީޕެއިޑް އޮފަރތައް ލިބޭނެއެވެ. އަދި ގައުމު އިހްތިޔާރު ކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.

މިއަހަރުގެ މާރޗު 31 ގެ ނިޔަލަށް ކޮމްބޯ ޕްލޭނެއް އެކްޓިވޭޓް ކުރުމުން 25 އިންސައްތަ އިތުރު އެލަވަންސް ލިބޭނޭ ކަމަށް ދިރާގުން ބުނެއެވެ.

"ހެލޯ ޕްރީޕެއިޑް" ސިމް ކިޓް ގަންނަން ލިބެން ހުންނާނީ މާލެ، ހުޅުމާލެ އަދި ދިރާގު ކަސްޓަމަރ ސަރވިސް ސެންޓަރުތަކުންނާއި ދިރާގުގެ ސޭލްސް އެޖެންޓުން މެދުވެރިކޮށް ކަމަށް ވެސް ދިރާގުން މައުލޫމާތުދެއެވެ.

މީގެ އިތުރުން ހެލޯ ޕްރީޕެއިޑަށް ބަދަލުވާން ބޭނުންވާ އެހެން އެއްވެސް ޕްރީޕެއިޑް ޕްލޭނެއްގައި މިހާރު ތިބި ހުރިހާ ކަސްޓަމަރުންނަށް ކީވޯޑް "ޕީކޭޖީ ހެލޯ" ބޭނުންކޮށްގެން 444 އަށް އެސްއެމްއެސް އެއް ފޮނުވައިގެން އެކްޓިވޭޓް ކޮށްލެވޭނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.