އދ. މަންދޫ ކައިރީ ފަރެއްގައި ޑައިވް ކުރަން އުޅެނުކޮށް ގެއްލުނު މީހާގެ ހަށިގަނޑު ކަނޑުގެ 15 މީޓަރު އަޑިން ފެނިއްޖެއެވެ.

ފަތުރުވެރިޔާގެ ހަށިގަނޑު މިއަދު 15:10 ގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުން ވަނީ ކަނޑުގެ 15 މީޓަރު އަޑިން ހޯދުމަށް ފަހު ނަގާފައި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެ ފަތުރުވެރިޔާ ގެލުނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އެ ދުވަހު ވަނީ އެ ސަރަޙައްދުން ދަތުރުކުރި ސީޕްލޭންތައް މެދުވެރިކޮށް އެ ސަރަޙައްދު ބަލާފައިވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑާއި ވައިގެ އުޅަނދުފަހަރު މެދުވެރިކޮށް އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހިންގަމުންދާ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވެއެވެ.

އެމީހާ ގެއްލުނުކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މި މަހުގެ 15 ވަނަ ދުވަހު ހަވީރު 15:55 ގައި ކަމަށާއި މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އުމުރުން 69 އަހަރުގެ އިނގިރޭސިވިލާތުގެ އަންހެނެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.