ސަރުކާރުގެ ނުވަ ކުންފުންޏެއް އުވާލުމުގެ މަރުހަލާ ފުރިހަމަކުރަން ފަށައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ސަރުކާރުގެ އުވާލަން ކުރިން އިއުލާނުކުރި 17 ކުންފުނީގެ ތެރެއިން ނުވަ ކުންފުންޏެއް އުވާލާފައިވާއިރު، އިތުރު ނުވަ ކުންފުންޏެއް އުވާލުމުގެ މަރުހަލާގެ މަސައްކަތް ފަށާފައިވާކަމަށް މިއަދު ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ލިސްޓުގައި ހިމެނޭ ކުންފުނިތަކަކީ މޯލްޑިވްސް ނޭޝަނަލް ބްރޮޑްކާސްޓިން ކޯޕަރޭޝަން، ފެލިވަރު ފިޝެރީސް މޯލްޑިވްސް ލިމިޓެޑު، ކޫއްޑޫ ފިޝެރީސް މޯލްޑިވްސް ލިމިޓެޑު، މަޑިވަރު ހޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ގަން އެއާޕޯޓް ކޮމްޕެނީ، ވޯކްސް ކޯޕަރޭޝަން، އެމްއާރްޑީސީ، ހަޒާނާ މޯލްޑިވްސް އަދި ނޭޝަނަލް އިންވެސްޓްމަންޓް މެނޭޖުމަންޓް ކޮމްޕެނީ ހިމެނެއެވެ.

ސަރުކާރު ހިއްސާވާ 30 އަށްވުރެ ގިނަ ކުންފުނި އޮތް ނަމަވެސް ސަރުކާރަށް ފައިދާވަނީ މަދު ކުންފުންޏަކުންނެވެ.