ފްލައިޓުގަ އަލިފާނުގެ ހާދިސާ ހިނގީ ޝޯޓެއް ވެގެން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރަން ތައްޔާރުވެފައި އޮތް ފްލައިޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގީ މިރޭ 19:50 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާ ހިނގާފައިވަނީ ގައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓަކަށެވެ.
އެމްއެންޑީއެފް އިން ބުނީ މޯލްޑިވިއަންގެ ފްލައިޓެއް ހަނިމާދޫއިން ނައްޓާލަުން އުޅުމުގެ ތެރޭގައި ކޮކްޕިޓްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށާއި އަދި މިހާރު އަލިފާން ނިއްވާލެވިފައިވާ ކަމަށެވެ.
އަދި ބޯޓުން ފަސިންޖަރުންވެސް ސަލާމަތުން ބާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ މިހާރު އެ ބޯޓް ޓޯވ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.