ކޮވިޑް-19 ގެ ބަލިމަޑުކަމުގައި މިއަދު އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ލާމު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެއް މަރުވެފައިވާ ކަމަށެވެ.

އޭނާ މަރުވެފައި ވަނީ މިއަދު ހެނދުނު 6:04 ހާއިރުއެވެ.

މިމަރާއެކު ރާއްޖެއިން ކޮވިޑް ޖެހެގެން މަރުވި މީހުން އަދަދު މިވަނީ 267 އަށް އަރާފައެވެ.

ކޮވިޑްބައްޔަށް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންގެންދިޔަ އުމުރުން 63 އަހަރުގެ އަންހެނަކުވެސް މިއަދު ހެނދުނު ވަނީ މަރުވެފައެވެ.

ރާއްޖޭގައި ކޮވިޑްގެ އާ ވޭރިއެންޓް އޮމިކްރޯން ފެތުރި، ބަލިޖެހޭ މީހުންގެ އަދަދުތައް 2،000 އިން މައްޗަށް އަރާފައިވާއިރު، އިއްޔެ އެކަނިވެސް 2،137 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.