ދިރާގު ޕްރިޕެއިޑް ކޮމްބޯއަށް "ނައިޓް އެލަވަންސް" ތައާރަފްކޮށްފިއެވެ.
ދިރާގުގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް ތައާރަފްކޮށްފައިވާ މި ޕްރޮމޯޝަންގައި އަލަށް ކޮމްބޯ ޕްލޭންގެ "އޯލް އިންކްލޫސިވް" ނަގާ ހުރިހާ ކަސްޓަމަރުންނަށް ދަންވަރު އެކަކުން ހެނދުނު 7 އަށް ހިލޭ ޑޭޓާ ލިބޭ "ނައިޓް އެލަވަންސް" ލިބޭނެ ކަމަށްވެސް ދިރާގުން މައުލޫމާތުދެއެެވެ.
މީގެ އިތުރުން ޗެޓު ކުރުމަށާއި ސޯޝަލް މީޑިއާ ބޭނުން ކުރަން ހިލޭ ޑޭޓާ ވެސް ލިބޭނެއެވެ.
ދިރާގުގެ ޕްރިޕެއިޑް "އޯލް އިންކްލޫސިވް" ކޮމްބޯ ޕްލޭނެއް 250 ރުފިޔާ ލިބޭނެ ކަމަށާއި މި ޕެކޭޖު ދިރާގުގެ ޕްރިޕެއިޑް އަދި "ސަޅި" ޕްރިޕެއިޑް ކަސްޓަމަރުންނަށް ވެސް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.
"ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް" އިން ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ވޮއިސް އާއި އެސްއެމްއެސް އަދި ޑޭޓާ ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެއެވެ.
ދިރާގުން ބުނީ އައު ކޮމްބޯ ޕްލޭންތައް އެކްޓިވޭޓް ކޮށްލުމަށް ދިރާގު އެޕް ނުވަތަ ކީވޯޑް ޖެހުމަށް ފަހު 343 އަށް މެސެޖު ކުރުމުން އެކްޓިވޭޓް ވާނެއެވެ.