• ވޭތުވެދިޔަ 24 ގަޑިއިރު ބަލިން ފަސޭހަވެފައިވަނީ 1،663 މީހުން

ރާއްޖެއިން މިއަދުވެސް 2،609 މީހުން ކޮވިޑަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާންމުކުރި ތަފާސްހިސާބުަތަކަށް ބަލާއިރު، އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނު 7،584 ސާމްޕަލްގެތެރެއިން 2،609 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.

އަލަށް ޕޮޒިޓިވް ސާމްޕަލްތަކުގެ ތެރެއިން 1،427 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 783 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 109 މީހަކު ނިސްބަތްވަނީ ރިސޯޓުތަަކަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވިކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 122،777 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ބަލިން ފަސޭހަވެފައިވަނީ 1،663 މީހުންނެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 105،827 އަށް އަރާފައެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 16،666 ގައެވެ. މީގެތެރެއިން 57 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް މިހާރު ހުރީ 36 އިންސައްތައިގައެވެ.

ކޮވިޑްބަލީގައި މިހާރުވެސް އެންމެ ހާލަތު ގޯސްވެފައިވަނީ މާލެ ސަރަހައްދުގައެވެ.