އިންޑިއާގެ ސަބަބުން ޑިމޮކްރަސީތަކަށް އުއްމީދު އާވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ރައީސް މި ފަދައިން ވިދާޅުވީ އަވަށްޓެރި އިންޑިއާގެ 73 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ފޮނުއްވަވަމުންނެވެ.
ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ، އިންޑިއާގެ ޖުމްހޫރިއްޔަތާއި، އެގައުމުގެ ޑިމޮކްރެސީ އަދި ގެންގުޅޭ ދުސްތޫރީ ހަމަތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިމޮކްރަސީތަކަށް އުއްމީދު އާވަމުންދާ ކަމަށެވެ.
އިންޑިއާގެ ގާނޫނު އަސާސީ 1950 ވަނަ އަހަރު ތަސްދީގު ކުރި ދުވަހާ ގުޅިގެން ފާހަގަކުރާ ޖުމްހޫރީ ދުވަސް ކޮންމެ އަހަރު ވެސް އަންނަނީ ކުލަ ގޮތަކަށް ފާހަގަކުރަމުންނެވެ.
ތިބުނާ އެއްޗެއް އާލާވާކަމަށް ގަބޫލްކުރާ ދުނިޔޭގަ އުޅޭނީ ރައީސްއާ ރީނދޫ ކުދިންކޮޅު އެކަނި މުޅިދުނިޔޭގަވެސް. ޢިންޑިއާމީހުންވެސް ތިކަމެއް ހިޔެއްނުވޭ ގަބޫލްކުރާހެނެއް