ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަނެެއްކާވެސް އިތުރު ކޮށްފިއެވެ.

އެކަން ހާމަކުރައްވާ ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ސޮއިކުރައްވާ މިއަދު ނެރުއްވި ގަރާރުގައިވަނީ، މުއްދަތު އިތުރުކުރީ ކޮވިޑުގެ ނުރައްކާ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އަދިވެސް އޮތް ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު އެގޮތަށް ލަފާ ދެއްވާތީ ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާންކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

މިއީ ރާއްޖޭގައި އިޢުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރި 23 ވަނަ ފަހަރެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފުރަތަމަ އިއުލާންކުރީ 2020 ވަނަ އަހަރުގެ މާޗުމަހުގެ 12 ވަނަ ދުވަހުގައެވެ. އެ ދުވަހުން ފެށިގެން އަންނަނީ މުއްދަތު ދަމަހައްޓަމުންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދާ ހަމައަށް ރާއްޖެއިން 2،813 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީީ 16،673 ގައެވެ. މި ބަލީގައި 273 މީހަކު ވަނީ މަރުވެފައެވެ.