ރާއްޖެއިން ކޮވިޑަށް އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިއްޔެއަށްވުރެ މިއަދު މަދުވެއެޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި 2،499 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. މީގެ ތެރެއިން 1،280 މީހުންނަކީ މާލެއިން ޕޮޒިޓިވްވި މީހުންނެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 697 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު ރިސޯޓްތަކުން 114 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން ކޮވިޑަށް އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިއްޔެއަށްވުރެ މިއަދު ވަނީ މަދުވެފައެވެ. ރާއްޖެއިން އިއްޔެ ޕޮޒިޓިވްވެފައިވަނީ 2،609 މީހުންނެވެ.

މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 128،089 އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނީ 7،019 ސާމްޕަލްއެވެ. އޭގެތެރެއިން 2،499 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.

އަލަށް ޕޮޒިޓިވް ސާމްޕަލްތަކުގެ ތެރެއިން 1،280 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 697 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 56 މީހަކު ނިސްބަތްވަނީ ރިސޯޓުތަަކަށެވެ. އަދި ސަފާރީތަކުން ޕޮޒިޓިވްވެފައިވާ އެކަކު ހިމެނެއެވެ.

އަލަށް ޕޮޒިޓިވްވި މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވިކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 128،089 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ބަލިން ފަސޭހަވެފައިވަނީ 2،220 މީހުންނެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 108،632 އަށް އަރާފައެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 16،950 ގައެވެ. މީގެތެރެއިން 54 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް މިހާރު ހުރީ 39 އިންސައްތައިގައެވެ.

ކޮވިޑްބަލީގައި މިހާރުވެސް އެންމެ ހާލަތު ގޯސްވެފައިވަނީ މާލެ ސަރަހައްދުގައެވެ.

ކޮވިޑްބަލީގައި ރާއްޖެއިން މިއަދު ދެ މީހަކު މަރުވެފައިވާއިރު، މިބަލީގައި ރާއްޖެއިން މިހާތަނަށް މަރުވި މީހުންގެ އަދަދުވަނީ 274 އަށް އަރާފައެވެ.