މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ.

މިކަމުގެ ޕާޓްނާޝިޕް އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީސީއޯ ހުސައިން ނިޔާޒެވެ. ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް ރިލްވާން މޫސާއެވެ.

ރާއްޖޭގެ އެންމެ ހުނަރުވެރި ފުޓްސަލް ކުޅުންތެރިން ފެންނަ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕާޓްނަރަކަށް ވުމަކީ އުރީދޫއަށް ލިބޭ ފަހުރެއް ކަމަށް އުރީދޫއިން ބުނެއެވެ.

މިމަހުގެ 18 ވަނަ ދުވަހު މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖު ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައެވެ.

މިފަހަރުގެ މުބާރާތުގައި ޖުމްލަ 91 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖު ބާއްވާ ހަވަނަ ފަހަރެވެ. މިމުބާރާތް ބާއްވަން ފެށީ 2015 ވަނަ އަހަރުއެވެ.