ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އިންޑަސްޓްރިއަލް ސަރަހައްދުގައި ޕެޓްރޯލް ޝެޑެއް ހެދުމަށް އެޗްޑީސީން އިއުލާނުކޮށްފިއެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ މުނިސިޕަލް ސަރވިސް އޮޕަރޭޝަން ސަރަހައްދުގައި ޕެޓްރޯލް ޝެޑެއް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

ޕެޓްރޯލް ޝެޑުު ހެދުމަށް ހުޅުވާލާފައި ވަނީ 100 ޕަސެންޓް ދިވެހި ކުންފުނިތަކަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 2ވަނަ ދުވަހުގެ ގެ ކުރިން ބިޑް ހުށަހަޅަން ޖެހޭނެ ކަމަށްވެސް އިއުލާނުގައިވެއެވެ. އަދި ޕްރީ ބިޑް ބައްދަލުވުން އޮންނާނީ މިމަހުގެ 17 ގައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވެސް ޕެޓްރޯލް ޝެޑެއް ހަދާނެ ބަޔަކު ހޯދަން އެޗްޑީސީން މިދިޔަ މަހު އިއުލާނުކޮށްފައިވެއެވެ. ދެވަނަ ފިޔަވަހީގައި ޕެޓްރޯލް ޝެޑް ހެދުމަށް 7،327.20 އަކަފޫޓުގެ ބިމަކާއި 10،179.31 އަކަފޫޓުގެ ބިމެއް ކަނޑައަޅައިފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވެސް ޕެޓްރޯލް ޝެޑެއް ހަދާނެ ބަޔަކު ހޯދަން އެޗްޑީސީން މިދިޔަ މަހު އިއުލާނުކޮށްފައިވެއެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މި ވަގުތު ދެ ސަރަހައްދެއްގައި ޕެޑްރޯލް ޝެޑް ހިންގައެވެ. އެއީ އެފްއެސްއެމްއާއި ވިލާގެ ޕެޓްރޯލް ޝެޑްތަކެކެވެ.