ޖަޕާނުގައި ރާއްޖޭގެ ބްރޭންޑަށް އޮތް މަގުބޫލުކަން އިތުރުކޮށް، ދެމެހެއްޓުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އިން ޓުއަރ އޮޕަރޭޓަރ، ޖޭޓީބީ މީޑިއާ ރީޓެއިލިންއާއެކު ވެބިނާއެއް ބާއްވައިފިއެވެ.

މި ވެބިނާ ކުރިއަށް ގެންދިޔައީ "ޒޫމް" މެދުވެރިކޮށް މިމަހުގެ 22ވަނަ ދުވަހު ކަމަށް ވިޒިޓް މޯލްޑްވިސް އިން ބުނެއެވެ.

ޖޭޓީބީ އަކީ ޖަޕާނުގައި އެންމެ ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ ޕެކޭޖުތައް ވިއްކުމުގައި ހަރަކާތްތެރިވާ އެއް ކުންފުންޔެވެ. މި ކުންފުންޏަކީ ރާއްޖޭގެ ޕެކޭޖުތައްވިއްކުމުގައިވެސް އެންމެ ފުޅާ ދާއިރާއެއްގައި ހަރަކާތެރިވާ އެއް ކުންފުންޏެވެ.

މިއީ ޖަޕާނުގެ ޖޭޓީބީ ގްރޫޕްގެ ސަބްސިޑިއަރީއެކެވެ. މި ކުންފުނި ހާއްސަކުރެވިފައިވަނީ"ޖޭޓީބީ ޓަބީ މޮނޮގަތަރީ" ނުވަތަ "ޖޭޓީބީ ޓްރެވަލް ސްޓޯރީ"ގެ ނަމުގައި ފަތުރުވެރިކަމުގެ ޕެކޭޖްތައް ވިއްކުމުގައެވެ.

އެމްއެމްޕީއާރުސީ އާއި ޖޭޓީބީ ގުޅިގެން ބޭއްވި ވެބިނާއަކީ ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް އިންޑަސްޓްރީގެ ފަރާތުން ކުރިއަށް ގެންދިޔަ ވެބިނާއެއް ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.

120 ފަރާތަކުން ބައިވެރިވި މި ވެބިނާގައި ޖޭޓީބީގެ އިންޓްރޮޑަކްޝަނަކާއި، ރާއްޖޭގެ ޑެސްޓިނޭޝަން ޕްރެޒެންޓޭޝަނެއް، އަދި ޖުމެއިރާ މޯލްޑިވްސް އޮޅަހަލިއައިލެންޑްގެ "ޒޫމް" ލައިވް ސެޝަންއެއްގެ އިތުރުން، އަދި ކިއު އެންޑް އޭ ސެޝަނެއް ކުރިއަށް ގެންދިޔައެވެ.

މި ވެބިނަރގެ މަގްސަދަކީ ރާއްޖެއަކީ ފަތުރުވެރިންރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކުރުން ކަމަށްވެސް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.